ހިތްތައް ކަތިލާފަދަ ފޮޓޯތަކެއް ސިދާތު ޝުކުލާ ދޫކޮށްލައިފި

ހިތްތައް ކަތިލާފަދަ ފޮޓޯތަކެއް ސިދާތު ޝުކުލާ ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
03 ޖުލައި 2021 05:37
0

އިންޑިއާގެ ޓީވީތަރި އަދި ބިގްބޮސް ސީޒަން 13 ކާމިޔާބުކުރި ސިދާތު ޝުކުލާ ތާފަތު "ލުކް" އެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފި އެވެ.

މިދިއަ ދެއަހަރު ވެސް ސިދާތުއަންނަނީ ހަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުނެއެވެ. އަނެއްކާވެސް ސިދާތުގެ މި ފޮޓޯތަކާއެކު މިވަނީ ސުރުހީތަކުން ޖާގަ ހޯދާފަ އެެވެ.

ސިދާތުވަނީ މި ފޮޓޯތަށް އިންސްޓަގްރާމުގައި ހިއްސާކޮށްފަަ އެެވެ. އެއާއެކު އެތަށް ހާސް ފޭނުންނެއް ވަނީ މިފޮޓޯއަށް ކޮމެންޓް ކޮށް ލައިކްދީފަ އެވެ. މި ފޮޓޯތަކުން ސިދާތު ފެނިގެން ގޮސްފައިވަނީ މުށިކުލައިގެ ޖެކެޓަކާއި ފަޓުލޫނެއްގަ އެވެ. އަދި ޗަންކީ ސްނިކާ އަކަށް އަރަފައިވާއިރު ވަރަށް ކްލެސިކް ގަޑިއެއްވެސް ވަނީ އަޅާފަަ އެވެ.

 

View this post on Instagram

 

A post shared by Sidharth Shukla (@realsidharthshukla)

ސިދާތު މަޝްހޫރު ވެގެން ގޮސްފައިވަނީ ޓީވީ ޑްރާމާ "ބާލިކާ ވަދޫ" އާއި "ދިލްސޭ ދިލްތަކް" ފަދަ ޑްރާމާ ތަކުންނެވެ. އޭނާވަނީ 2014 ވަނަ އަހަރު ބޮލީވުޑްއަށް ނުކުމެފަ އެވެ. އޭނާ ބޮލީވުޑަށް ތަޢާރަފްވީ ފިލްމް "ހަމްޓި ޝަރްމާކީ ދުލްހަނިޔާ" އިންނެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ އާލިއާ ބަޓް އަދި ވަރުން ދަވަން އެވެ.

ނިމިދިއަ އަހަރު ސިދާތު ވަނީ ގިނަ ވީޑިއޯ ލަވަތަކަކުން ފެނިގެން ގޮސްފަ އެވެ. އަދި އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސޯނިއާ ރަތީ އާއި އެކު ބާލާޖީގެ ވެބްސީރީޒް "ބްރޯކެން ބަޓް ބިއުޓީފުލް-3″ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.