އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޒް ވަކިކޮށްފި

އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޒް ވަކިކޮށްފި

Author
ޢަލީ އާދަމް
01 ޖުލައި 2021 05:17
0

ގައުމީ ޔުނިވަރސިޓީ އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެ މަގާމުން ވަކިކޮށްފި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީޕް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. ޝަރީފް ވިދާޅުވީ ޑރ. އިޔާޒް މަގާމުން ވަކިކުރީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށެވެ.

ޑރ. އިޔާޒް މަގާމުން ވަކިކޮށްފައި ވާއިރ،ު މިއަހަރުގެ މާޗް މަހު 14 ދުވަހަށް ޔުނިވަރސިޓީގެ މަގާމުން އިޔާޒް ސަސްޕެންޑްވެސް ކޮށްފައިވެއެވެ.

ފަހުން ޑރ. އިޔާޒާގުޅޭ މައްސަލެއް އެމްއެންޔޫއިން ބަލަން ފަށާފައިވަނީ އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. މިކަމާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލަންފަށާފަ އެވެ.

ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރ/ސީނިއާ ލެކްޗަރާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.