ތިނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ތިނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ގދ. ތިނަދޫ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ.

ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަަލް ހޮސްޕިޓަލުން ބުނީ، ކޯވިޑަށް ޕޮޒިޓިވްވެގެން ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގަ ފަރުވާދެމުންދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އެ މީހާ ނިޔާވީ މެންދުރު 1:55 ހާއިރު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ

ތިނަދޫ ކޮވިޑް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެނިކޮށް ނިޔާވި ތިން ވަނަ މީހާ އެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 213 އަށް އަރާފައެވެ.

މިއީ ކޯވިޑްގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު މި ބަލީގައި ފުރަތަމަ ނިޔާވީ ގއ. ވިލިނގިލީގައި ހުންނަ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 81 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ރޭ ފަތިހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *