ދާޚީލީ ކަންކަމާއި ނުބެހި ތިބުމަށް ދިވެހި ސަރުކާރުން އިންޑިއާއަށް އަންގަންޖެހޭ: ޢަލީ ރަމީޒް

ދާޚީލީ ކަންކަމާއި ނުބެހި ތިބުމަށް ދިވެހި ސަރުކާރުން އިންޑިއާއަށް އަންގަންޖެހޭ: ޢަލީ ރަމީޒް

Author
މުޙައްމަދު ޖިމީ
01 ޖުލައި 2021 01:04
0

ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކާއި ނުބެހި ތިބުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ސާފުކޮށް އަންގަންޖެހޭކަމަށް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒް މިފަދައިން އިލްތިމާސްކުރައްވާފައި މިވަނީ، ރާއްޖޭގެ އޮންލައިން ނޫހަކާމެދު ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރުގައި އެދިފައިވާތީއެވެ. އިންޑިއާ ހައިކޮމިޝަންގެ މި އެންގުމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންއިން ފޮރިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ޝަކުވާގެ ސިޓީގައި އެދިފައިވަނީ، ވިއެނާ ކޮންވެންޝަން (1961)ގެ، ހާލަތާ ގުޅުން ހުރި އެންމެހާ މާއްދާތަކުން، ގައުމުން ބޭރުގެ މިޝަންތަކުގައި ތިބޭ އެންމެހާ މުވައްޒަފުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު، ހައިކޮމިޝަގެ އިމާރާތާއި، ހައިކޮމިޝަނަރ ހުންނަވާ ގެކޮޅާއި، އަދި ހައިކޮމިޝަންގައި މަސައްކަތްކުރާ އެންމެހާ މުވައްޒިފުންނާއި، މުވައްޒިފުން ދިރިއުޅުއްވާ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ. އަދި މިއިން އެއްވެސް ފަރާތަކަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް އަމާޒުވެ ނުދިއުން ކަށަވަރު ކޮށްދިނުމުގެ އިތުރުން އެމީހުންގެ މިނިވަންކަމާއި ކަރާމާތައް އެއްވެސް ފަރާތަކަށް އަރައިނުގަނެވޭނެކަން ކަށަވަރު ކޮށްދިނުމާއި، އަދި މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ މަސައްކަތްތަކަށް ބުރޫ ނާރާނޭކަން، ވިއެނާ ކޮންވެންޝަންގައި ވާގޮތުގެމަތިން ކަށަވަރު ކަށަވަރު ކޮށްދިނުންމަށްވެސް ހައިކޮމިޝަންއިން ފޮރިންގ މިނިސްޓްރީއަށް ފޮނުވި މިސިޓިގައި އެދިފައި ވެއެވެ.

މީގެ އިތުރުން، ވިއެނާ ކޮންވެންޝައާއި ޚިލާފަށް އަމަލް ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް، ބައިނަލް އަގުވާމީ ގާނޫނުތަކާއިއި އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަށްވެސް މިސީޓިގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގެ ކިބައިން އެދިފައި ވެއެވެ.

ފޮރިންގ މިނިސްޓްރީއަށް މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންއިން ފޮނުވި ޝަކުވާގެ ސިޓީގައި ވާގޮތުން، ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއު ކޮށްފައިވާ އާރޓިކަލްތަކާއި އަދި ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓުތައް އަމާޒު ކޮށްފައިވަނީ، ހައިކޮމިޝަންގެ ޑިޕްލޮމެޓިކް މުވައްޒަފުންނާއި ޒާތީގޮތުން ދިމާ ކުރުމުގެ މަގުސަދުގައެވެ.

މީގެއިތުރުން، ފަހަކަށް އައިސް، މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން އިންޑިއާ ހައިކޮމިޝަނަށް އަމާޒުކޮށް ފަތުރަމުންދާ ދޮގު ޚަބަރުތަކާއި، މީޑީއާގެ ވަސީލްތަތަކުގެ ބޭނުންކޮށްގެން މިގޮތުން ކިޔަމުންދާ ފާޑު ކިއުންތަކުގެ މަގުސަދަކީ، ދެ ސަރުކާރުގެ ދެމެދުގައި ނަފްރަތު އުފެއްދުން ކަންވެސް މިސިޓީގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ވަކީން ޚާއްސަކޮށް ބައެއް ނޫސްތަކުގައި ޝާއިއުކުރަމުންދާ އާޓިކަލްތަކާއި، ރާއްޖޭގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެ ކުރަމުންދާ ބައެއް ޕޯސްޓުތަކުގެ ހަގީގީ ބޭނުމަކީ، މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝްނާއި، ހައިކޮމިޝަންގައި މަސައްކަތްކުރާ މުވަޒްފުން ހިމެނޭގޮތުން، އިންޑިއާ ސަރުކާ ދެކޮޅަށް ހަމަނުޖެހުމާއި ނަފްރަތު އުފެއްދުން ކަމަށްވެސް ހައިކޮމިޝަނުން ފޮރިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ޝަކުވާގެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.