ހދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސްކަމަށް އަމީން އިންތިޚާބުކޮށްފި

ހދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސްކަމަށް އަމީން އިންތިޚާބުކޮށްފި

Author
މުޙައްމަދު ޖިމީ
01 ޖުލައި 2021 12:11
0

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަމީން މުހައްމަދު އިންތިޚާބް ކޮށްފިއެވެ.

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމަށް އަމީން އިންތިޚާބު ކުރީ ހދ އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމްގައި މިއަދު ބޭއްވި ޖަލްސާގައެވެ. ހދ އަތޮޅު ކައުންސިލްގެ 14 މެންބަރުން ބައިވެރިވި މިބައްދަލުވުމުގައި ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމަށް އަމީން އިންތިޚާބުވީ 8 ވޯޓުލިބިގެންނެވެ. އަމީންއާ ވާދަކުރި ހދ ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމަށް ލިބުނީ 6 ވޯޓެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސަކަށް ހުންނަވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވި މުހައްމަދު ސިރާޖެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް ސިރާޖުގެ އިތުރުން ތިން މީހަކު ވާދަކުރިއެވެ. އެ ތިން މީހުންނަކީވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ތިން މީހުންނެވެ.

އޭޕްރީލް 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހދ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.