މިއަހަރުގެ ފުރަތަމަ 6މަސް ދުވަހު 530އަށްވުރެ ގިނަ ޤާނޫނީ ލަފާ ދީފި

މިއަހަރުގެ ފުރަތަމަ 6މަސް ދުވަހު 530އަށްވުރެ ގިނަ ޤާނޫނީ ލަފާ ދީފި

Author
މުޙައްމަދު ޖިމީ
01 ޖުލައި 2021 11:05
0

މިއަހަރުގެ މިހާތަަނަށް 530އަށްވުރެ ގިނަ މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކަށް ބަންޑާރ ނާއިބުގެ އޮފީހުން ޤާނޫނީ ލަފާދީފިއެވެ.

ބަންޑާރ ނާއިބުގެ އޮފީހުން ބުނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނިމުނު ޖޫން މަހުގެ ނިޔަލަށް 520 މައްސަލައެއްގައި ޤާނޫނީ ލަފައަށް އެދި ފޮނުވާފައިވާކަމަށެވެ. މިގޮތުން އެ މުއްދަތުގައިި ފޮނުވި މައްސަލަތަކާއި، މިދިޔަ އަަރު ނިމުނުއިރު ލަފާނުދެި ހުރި ކަންކަމާއި، ބަންޑާރަ ނާއިބުގެ އޮފީހުން އިސްނަގައިގެން އެކުލަވާލާ ފޮނުވި ބައެއް ޤަވާއދުތައް ހިމެނޭހެން 532 މައްސަލައަކަށް ޤާނޫނީ ލަފާ ދީފައިވާކަމަށެވެ.

އޭޖީ އޮފީހުން އާންމުކުރ ތަފާސ ހިާބުތަކުގައިވާގޮތުން އެންމެ ގިނައިން ލަފާދީފައިވަނީ އެއްބަސްވުންތަކުގައި ސޮއިކުރުމާއި ގުޅޭގޮތުންނެވެ.

އޭޖީ އޮފީހުން ލަފާ ދީފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ބިލް ތަސްދީޤްކުރުމާއި ގުޅޭގޮތުން ދިން 12 ލަފަޔަކާއި، އެއްބަސްވުންތަކުގައި ސޮއިކުރުމާއި ގުޅޭގޮތުން ދިން 154 ލަފަޔަކާއި، ޤަވާއިދުތަކާއި ގުޅޭގޮތުން ދިން 107 ލަފަޔަކާއި، އުސޫލުތަކާއ ގުޅޭގޮތުން ދިން 18 ލަފަޔަކާއި މުއާހަދާތަކާއި ގުޅޭގޮތުން ދިން 2 ލަފައެއގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭގޮތުން ދިން 239 ލަފައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސައްލި
ބައިތުލް މާލު ލޫޓު ވުމާއި ދީނާއި ދެކޮޅު ލާދީނީ ޤާނޫނީ ލަފާ ބޭކާރު !