އެއްގަމުގޭ އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ކޯވިޑް-19އަށް ފަރުވާ ދެމުންދަނިކޮށް ރޭ 10:35 ހާއިރު އައިޖީއެމްއެޗްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުވަތަ އަލްއަމީރު އިބްރާހީމް ޢަލީ ދީދީގެ ދަރިކަނބަލުން އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އުމުރުފުޅުން 90 އަހަރުގައި އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 211 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 192 ދިވެހިންނާއި 19 ބިދޭސީންނެވެ.
ޖަމީލާގެ ފިރިކަލުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދައުލަތުގެ ވަޒީރުކަމާއި އިސްލާމީ މަރުކަޒުގެ އިމާމްކަން ކުރައްވާފައިވާ ފަލީލަތުއްޝައިހް އަހުމަދު ޝާތިރެވެ. ފަޟީލަތުއްޝައިޚް އަޙްމަދު ޝާޠިރު އަަވާހާރަވެފައިވަނީ 1994ވަނަ އަހަރުގައެވެ.
ކޮމެންޓު ފޮނުވާ