ނަސީރުއްދީން ޝާހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ނަސީރުއްދީން ޝާހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

Author
ފާތިމަތު ނާވީ
01 ޖުލައި 2021 07:00
0

ބޮލީވުޑްގެ ދުވަސްވީ އެކްޓަރ ނަސީރުއްދީން ޝާހް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ނަސީރުއްދީންގެ މެނޭޖަރުގެ އިތުރުން އަންހެނުން ރަތުނާ ޕާޓަކްވެސް ވަނީ އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންގެންދާކަން ހާމަކޮށްފަ އެވެ. އެގޮތުން އޭނާ ފަރުވާ ހޯދަމުންގެންދަނީ ނިއުމޯނިއާ އަށެވެ.

ނިއުމޯނިއާއަށް ފަހުވާ ހޯދަމުންދާއިރު ނަސީރުއްދީންގެ ހާލު ރަނގަޅުކަމަށާއި މިހާރު އޮތީ ޑޮކްޓަރުން އިތުރަށް ބަލަންޖެހޭ ބައެއް ކަންކަން ބެލުމަށް ހޮސްޕިޓަލަގައި ބާއްވާފައި ކަމަށް އޭނާގެ އަންހެނުން ވަނީ ބުނެފައެވެ. އަދި ގިނަވެގެން ދެ ދުވަހެއްތެރޭ ދޫކޮށްލާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވާކަމަށްވެސް ނަސީރުއްދީންގެ އަންހެނުން އެކްޓްރެސް ރަތުނާ ޕާޓަކް ވަނީ ބުނެފައެވެ.

"ހާލު ވަރަށް ރަނގަޅު ނިއުމޯނިއާގެ އަސަރު ފުއްޕާމޭގައި ހުރީ ވަރަށް ކުޑަކޮށް"

– ރަތުނާ ޕާޓަކް

ނަސީރުއްދީން އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށް އޭނާގެ މެނޭޖަރު ވަނީ ބުނެފައެވެ.

އުމުރުން 70 އަހަރުގެ ނަސީރުއްދީން ޝާހަކީ އިންޑިއާގައި ދޭ ޝަރަފުވެރި ދެ އެވޯޑް ކަމުގައިވާ "ޕަދުމަ ޝްރީ" އެވޯޑާއި "ޕަދްމަ ބޫޝަން އެވޯޑް" މުނިފޫހި ފިލުވުމުގެ ދާއިރާއިން ލިބިފައިވާ ތަރިއެކެވެ. އަދި އެކްޓިންގގެ ދާއިރާއިން 3 ފަހަރު ނޭޝަނަލް އެވޯޑްވެސް ވަނީ ހާސިލްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ީ ީގ×ގު
ޫދރ7ގެުހދިޖކހ