ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި 4 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި 4 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Author
މުޙައްމަދު ޖިމީ
30 ޖޫން 2021 02:09
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮޮށްފިއެވެ.

މިދިޔަމަހުގެ 6 ވަނަ ދުވަހު ސައިކަލެއްގައި ބޮމެއް ހަރުކޮށް އެގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

ފުލުހުން ބުނީ އަދުހަމާއި، މުޖާޒް އަދި ތަހްމީންގެ ބަންދަށް މިމަހުގެ 22 ވަނަ ދުވަހު 30 ދުވަސް އިތުރުކޮށްފައިވާކަމަށާއި ފާތިހުގެ ބަންދަށް މިމަހުގެ 20 ވަނަ ދުވަހު 15 ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި ހަމަލާއިން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޮއްދަމުންގެންދަވަނީ ޖަރުމަންވިލާތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.