ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައަޅަން ސައުދީގެ ވަފްދެއް ރާއްޖެ އަންނަނީ

ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައަޅަން ސައުދީގެ ވަފްދެއް ރާއްޖެ އަންނަނީ

Author
މުޙައްމަދު ޖިމީ
30 ޖޫން 2021 01:30
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މާލޭގައި ބިނާކުރެއްވި ކޮންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައެޅުމަށްޓަކައި، ސަޢުދީގެ ޚާއްޞަ ވަފްދެއް އަންނަ ހަފްތާގައި ރާއްޖެ އަންނަގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ، ސަލްމާން މިކިްތ ހުޅުވާނެ ތާރީޚެއް އަނި ކަނޑައެޅިފައިނުވާކަމަށެވެ. ނަމަވެސް މިސްކިތް ހުޅުވުމަށްޓަކައި ތާރީޚު ކަނޑައެޅުން ފަދަ ކަންކަން ނިންމެވުމަށް ސަޢުދީގެ ވަފްދެއް އަންނަ ހަފްތާގައި ރާއްޖެ އަންނާނެކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރި ސަލްމާން މިސްކިތް މިހާތަނަށް ހުޅުވާފައި ނުވުމުން ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މިސްކިތް ހުޅުވުން ލަސްވަނީ، ސައުދީން ރާއްޖެ އަންނަންޖެހޭ ވަފްދު ކޯވިޑްގެ ސަބަބުން އައުން ލަސްވުމުންކަމަށް ބުނެފައެވެ.

އަންނަ ހަފްތާގައި ސައުދީން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން މީހުންގެ ވަފްދެކެވެ.

ކިންގް ސަލްމާން މިސްކިތް ފާއިތުވި ރޯދަމަަހަށް ވަގުތީ ގޮތުން ހުޅުވަން ބުނިނަމަވެސް ސަރުކާރުން ހުޅުވާފައެއް ނުވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި “ކިންގް ސަލްމާން” މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުގައެވެ.

5 ފަންގިފިލާއަށް ފަރުމާކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ބައެއްގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. މިސްކިތުގައި ނަމާދުކުރާ ބައިގެ ގޮތުގައި ޚާއްސަކޮށްފައިވަނީ ފުރަތަމަ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާއެވެ. މި ދެ ބައިގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ބައެއް ހުންނާނެއެވެ. އަދި 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމެއްގެ ގޮތުގައެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ފަންގިފިލާ ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި ޕާޕަސް ހޯލެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.