ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހަކު ސުޕްރީމް ކޯޓުން ދޫކޮށްލައިފި

ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހަކު ސުޕްރީމް ކޯޓުން ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
30 ޖޫން 2021 01:18
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އައްޑޫގައި ހިންގި ޚާއްޞަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.

ބަންދުގެ މުއްދަތު ބާޠިލްކޮށްފައިވަނީ، ގއ.ކޮލަމާފުށީ މަފްތޫހް ސަޢީދުއެވެ. ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލަން ޢަމުރުކުރިނަމަވެސް، އޭނާއާއި ދެކޮޅަށް ފުލުހުން ހުށައެޅި އިންޓެލިޖަންސް ރިޕޯޓްގެ އިތުރުން އިތުރު ހެކި ހުރިނަމަ އަލުން ކޯޓަށް ހުށައަޅައި ބަންދުގެ ޢަމުރަކަށް އެދެވިދާނެކަމަށް ސުޕްރީމް ކޯޓުގެ ނިންމެވުމުގައިވެއެވެ.

ފުލުހުނ މަފްތޫގެ މައްޗަށް ކޮށްފައިވަނީ، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމުގެ ތުހުމަތެވެ.

ޓެރަރިޒަމާއ ދެކޮޅަށް ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަންގައި މަފްތޫހާއެކު އިތުރު ފަސް މީހަކުވެސް ހައްޔަރުކުރިއެވެ. ނަމަވެސް އެ އެންމެން ދަށުކޯޓުން ދޫކޮށްލުމުން، އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރިއެވެ. އަދި އެމީހުން ބަންދުކުރުމަށް ހައިކޯޓުން ޢަމުރުކުރިއެވެ.

މިއައެކު މަފްތޫހުގެ ފަރާތުން ވަނީ ހައިކޯޓުގައި ބަންދުގެ މައްސަލަ އިސްތިއުނާފްކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ބާޠިލްކުރަން ކުރި ޙުކުމުގައި ވަނީ، އޭނާއާއި ދެކޮޅަށް ހުށައެޅި އިންޓެލިޖެންސް ރިޕޯޓް ފިޔަވައިއެހެން ހެއްކެއް ހުރިހަނަމަ އެ ހެކިތައް ހިތަދޫ ކޯޓަށް ހުށައެޅުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި މަހުގެ 6 ގައި ދިން ހަމަލާއާއި ގުޅިގެން، ސަލާމަތީ ބާރުތަކުން ވަނީ ރާއްޖޭގެ އެކިސ ަރަހައްދުތަކުގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުން ހުރިބަޔަކުވެސް ހިމެނެއެވެ.

ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކުރިކަމަށް ފުލުހުން ހާމަކޮށްފައިވަނީ ފަސް މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.