އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމުން އިން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރި އަންހެން ކަނބަލަކަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު، އަނާރާ ނައީމް ވެވަޑައިގެންފިއެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމުން އިން، ފެށި ޕީއެޗްޑީގެ ފުރަތަމަ ބެޗުގައި ހިމެނިވަޑައިގެން ޕީއެޗްޑީ ހާސިލު ކުރެއްވި އެންމެ ފުރަތަމަ އަންހެން ކަނބަލަކަށް އަނާރާވެފައިވާއިރު، އަނާރާއަކީ ސިޔާސީ ކަންކަމުގައާއި، ދީނީ އެކި މަސައްކަތްތަކުގައިވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވާ ކަނބަލެކެވެ.
އަނާރާ ވަނީ މީގެކުރިން ގަތަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނީ ރޮނގުން ޑިގްރީ ހާސިލު ކުރައްވާފައެވެ. އަދި މާސްޓާސް ނިންމެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީންނެވެ.
I successfully completed my Phd Viva. Alhamdulillah. pic.twitter.com/mRJBBXD0TB
— Anara Naeem (@AnaraNaeem) June 29, 2021
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު، އަނާރާ ފާހަގަވެފައިވަނީ ދީނީ ގޮތުން ކަންކަން އޮޅުންފިލުވައި ދެއްވައި، އިންސާފަށް ލޯބިކުރެއްވި ކަންބަލެއްގެ ގޮތުގައެވެ. އަދި މިހާރުވެސް އަނާރާ ގެންދަވަނީ ދީނީ އެކި ކަންކަމުގައި ދެކެވޭ ވާހަތަކަށް އެކަމަނާގެ ރައުޔު ހާމަކުރައްވަމުންނެވެ. އަދާލަތު ޕާޓީގެ އިސްމަޤާމެއްގައިވެސް ހިމެނެ ވަޑައިގަންނަވާ އަނާރާ ނައީމްއަކީ ސިޔާސީ މަސްރަހުގައާއި، ދީނީ އިލްމު އުގައްނައި ދެއްވުމުގައިވެސް އިސް ދައުރެއް އަދާކުރައްވާ ކަނބަލެކެވެ.
ކޮމެންޓު ފޮނުވާ