މުނިސިޕަލް ޚިދުމަތް ބަދަލުވުމުން "ކުނި ނަގާ ބޮއްކުރާ" ހުޅުމާލެ ފަޅުތެރޭ އޮޕަރޭޓްވާނެ

މުނިސިޕަލް ޚިދުމަތް ބަދަލުވުމުން "ކުނި ނަގާ ބޮއްކުރާ" ހުޅުމާލެ ފަޅުތެރޭ އޮޕަރޭޓްވާނެ

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 12:09
0

މާލެ ސިޓީ ކައުންސިލަށް މުނިސިޕަލް ޚިދުމަތް ބަދަލުވީމަ “ކުނި ނަގާ ބޮއްކުރާ” ހުޅުމާލެ ފަޅު ތެރޭ އޮޕަރޭޓްވާނެ ކަމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ހުޅުމާލޭގައި ދެވޭ މުނިސިޕަލް ޚިދުމަތްތަކާއި ގުޅޭގޮތުން ޝުޖާ ވިދާޅުވީ، ޤާނޫނުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ދިނުމަށް އޮތްނަމަވެސް މިހާތަނަށް ހިދުމަތް ދެމުންދަނީ އެޗްޑީސީން ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ އެޗްޑީސީގައި ހުރި މިފަދަ ބާރުތައް މާލެ ސިޓީ ކައުންސިލަށް ނެގުންކަމަށެވެ.

ހުޅުމާލޭ ފަޅުތެރޭގައި ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާ ވީޑިއޯއެއް ޝުޖާ ޓެގްކޮށް މީހަކު ކުރައްވާފައިވާ ޓްވީޓުގައި ޝުޖާ ވިދާޅުވީ އެޗްޑީސީން މިބާރުތައް މާލެ ސިޓީ ކައުންސިލްތަކަށް އައުމުން މިމައްސަލަތައް ހައްލު ކުރުމުގައި މާލެ ސިޓީ ކައުންސިލުން ވަރަށް ގާތުން ފަރަވެރި ވާނެކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކުނި ނެގުމުގައި ހުޅުމާލޭ ފަޅު ތެރޭގައި "ކުނި ނަގާ ކޮއްކުރާ" ހަރަކާތްތެރިވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ހުޅުމާލެ މުނިސިޕަލް ޚިދުމަތް އަދި ދެއްވަނީ ހުޅުމާލޭ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން. މުނިސިޕަލް ހިދުމަތާ ގުޅޭ ޝަކުވާއެއް ލިބިއްޖެނަމަ، ހުޅުމާލޭ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ދެއްވާފައިވާ ފޯކަލް އަށް ގުޅައިގެން މިހާރު ކުރިއަށް ގެންދަނީ. މާލެ ސިޓީ ކައުންސިލަށް މުނިސިޕަލް ޚިދުމަތް ބަދަލުވީމަ “ކުނި ނަގާ ބޮއްކުރާ” ހުޅުމާލެ ފަޅު ތެރޭ އޮޕަރޭޓްވާނެ. ޝުޖާ ވިދާޅުވިއެވެ. 

ޝުޖާ ވިދާލުވީ ހުޅުމާލޭ ފަޅު ތެރޭގައި ގިނަ އަދަދެއްގެ ކުނި ހުރުމުން ދިމާވާ ދަތިތަކުގެ ވާހަކަ އެޗްޑީސީއާއި ހިއްސާ ކޮށްފައިވާނެކަމަށެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލާގައިވެސް އެޗްޑީސީގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.