އެއީ ޕިކްފޯޑް ގަސްދުގައި ކުރި ކަމެއް ނޫން: އެންޗެލޯޓީ

އެއީ ޕިކްފޯޑް ގަސްދުގައި ކުރި ކަމެއް ނޫން: އެންޗެލޯޓީ

Author
އިބްރާހީމް ސާޢިދު
24 އޮކްޓޯބަރ 2020 06:30
0

ޕިކްފޯޑް ޖެހި ޓެކުލްގެ މައްސަަލަ އަކީ ވެން ޑައިކް ގައިގާ ޖެހުނު ސްޕީޑް ބާރުވުން ކަމަށާއި ފުޓްބޯޅާގައި އެ ކަހަލަ ގޮތަކަށް އަންނަ ބޯޅަތަކުގައި އެ ގޮތަށް ޓެކުލްތައް ދާނެ ކަމަށް އެވަޓަންގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

ލިވަޕޫލާއި އެވަޓަން 2-2 އިން އެއްވަރުވި މެޗުގައި ވެން ޑައިކްގެ ކަކުލަށް އަނިޔާވީ ޕިކްފޯޑް ކުރި ޓެކުލަކުންނެވެ. އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަސައްކަތްކުރީ ބޯޅަ ހޯދަން ކަމަށް ބުނެ އޭނާގެ ދިފާއުގައި އެންޗެލޯޓީ ވާހަކަ ދައްކާފައެވެ.

"ވެން ޑައިކަށް އެ ވަރުގެ އަނިޔާއެއްވުމުން ޕިކްފޯޑް ވެސް ހުރީވަރަށް ދެރަވެފައި، ވެން ޑައިކަށް އެ ލިބުނު އަނިޔާގެ ސަބަބުން އެވަޓަން އިން ވެސް ވަރަށް ވަރަށް ކަންބޮޑުވޭ"

– ކޯޗު ކާލޯ އަންޗެލޮޓީ

ފިކްފޯޑް ކުރި ނުރައްކާތެރި ޓެކުލެއްގެ ސަބަބުން ވެން ޑައިކް ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޭނާ އަށް ވަނީ ސީޒަން ނިމިފަ އެވެ. އަނިޔާގެ ސަބަބުން އަންނަ އަހަރުގެ ޔޫރޯ ވެސް ވެން ޑައިކަށް ގެއްލޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.