Ad
ޕެލެސް ބަލިކޮށް ޗެލްސީއަށް ހަމަޖެހުން

ޕެލެސް ބަލިކޮށް ޗެލްސީއަށް ހަމަޖެހުން

Author
ހުސައިން
04 އޮކްޓޯބަރ 2020 11:14
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސްއާ ވާދަކޮށް 4-0 ލަނޑު މެޗު ކާމިޔާބުކޮށް ހަމަޖެހިލާފައެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު ޗެލްސީއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވާއިރު، ޗެޕްސީން ވަނީ މިމެޗްގެ ފަހު ހާފުގައި މޮޅަށް ކުޅެފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޗިލްވެލް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ޒޫމާ ޖަހާދީފައިވަނީ ލިބުނު ހިލޭ ޖެހުމެއްގައި ބޮލުންނެވެ. އަދި ޗެލްސީގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑަކީ ލިބުނު ދެ ޕެނަލްޓީގައި ޖޯޖީނިއޯ ކާމިިޔާބުކޮށްދިން ދެލަނޑެވެ.

އެންމެފަހުން ޕްރިމިއާ ލީގު މެޗެއްގައި ދެ ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ޗެލްސީގެ ކޯޗު ލަމްޕާޑެވެ. މިމެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އުމުރުން 23 އަހަރުގެ ޗިލްވެލް ލެސްޓާ ދޫކޮށް ޗެލްސީއާއި ގުޅުނީ މިސީޒނުގައެވެ. މިއީ ލީގުގައި ޗެލްސީގެ ފުރަތަމަ އެގާރައިގަ ހިމެނިގެން ޗެލްސީގެ ޗިލްވެލް އެޓީމަށް ކުޅުނު ފުރަތަމަމެޗެވެ. އަދި މިއީ އޭނާ ލީގުގަ ކުޅުނު 100 ވަނަ މެޗެވެ.

އަދި މިމޮޅާއެކު ޗެލްސީވަނީ ގަދަ ހަތަރަކަށްވެސް ޖެހިލާފައެވެ. ކުޅުނު ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއެކު ޗެލްސީ ތާވަލްގެ ހަތަރުވަނާގައި އޮތްއިރު، ހަ ޕޮއިންޓާއެކު ފަސްވަނާގައި އެސްޓަންވިލާ އޮތީ ޗެލްސީއަށްވުރެ ދެ މެޗު މަދުން ކުޅެގެންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.