ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަޒީރުކަންކުރެއްވި އަބްދުﷲ ކަމާލުއްދީން މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމް އިން ވަކިވެވަޑައިގެންފި އެވެ.
ކަމާލުއްދީން އެމްއާރްއެމް އުފެއްދުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.
އޮންލައިން ނޫސް އަވަސްއާ ވާހަކަ ދައްކަމުން ކަމާލުއްދީން ވިދާޅުވީ އެމްއާރްއެމުން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވާފައިވަނީ މިއަދު ކަމަށެވެ.
ޕާޓީން ވަކިވެވަޑާއިގަންނަވަން ނިންމެވި ސަބަބެއް ކަމަށް ކަމާލުއްދީން ވިދާޅުވީ ރާއްޖޭގައި ގިނަ މައްސަލަތައް އުފެދި ބޮޑުވަމުން އަަންނައިރު އެއިން އެއްވެސް މައްސަލައެއް ހައްލު ކުރުމަށް އެކަށީގެންވާ އިޖާބައެއް އެއްވެސް ސިޔާސީ ޕާޓީއަކުން ދޭ ތަނެއް ނުފެންނަ ކަމަށެވެ. އެހެން ކަމުން އަދި މިވަގުތު ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން ރައްޔިތެއްގެ ގޮތުގައި ހުންނެވުމަށް ބޭނުންފުޅު ވީކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޕާޓީއިން ވަކިވެވަޑައިގަތުމުގައި އިތުރު އެހެން ސަބަބެއް ނެތް ކަމަށާއި ސަބަބެއް ނެތް ކަަމަށާއި އެބޭފުޅާ އެންމެ އިހްތިރާމްކުރާ ސިޔާސީ ލީޑަރަކީ އެޕާޓީގެ ލީޑަރ ރައީސް މައުމޫން ކަމަށްވެސް ކަމާލުއްދީން ވަނީ ވިދާޅުވެފަ އެވެ.
ކަމާލުއްދީން މީގެކުރިން ވަނީ ރައީސް މައުމޫން އުފެއްދެވި ފުރަތަމަ ޕާޓީ ޑީއާރުޕީ ގައިވެސް މަަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުކަންވެސް ކަމާލުއްދީން ވަނީ ކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ