މާރާމާރީއެއްގައި އައްޑޫ ސިޓީގައި 12 އަހަރުގެ ކުއްޖަކު ޒަހަމް ކޮށްލައިފި

މާރާމާރީއެއްގައި އައްޑޫ ސިޓީގައި 12 އަހަރުގެ ކުއްޖަކު ޒަހަމް ކޮށްލައިފި

Author
ޢަލީ އާދަމް
29 ޖޫން 2021 07:21
0

އައްޑޫ ސިޓީ ފޭދޫގައި 12 އަހަރުގެ ކުއްޖަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން މީޑިޔާ އޮފިސަލް ވިދާޅުވީ އައްޑޫސީޓީ ފޭދޫގައި މިއަދު ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 12 އަހަރުގެ ފިރިހެން ކުއްޖެއް ޒަހަމް ކޮށްލާފައި ވާކަމަށެވެ. މި މާރާމާރީގެ ރިޕޯޓް ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 13:35 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މާރާމާރީގައި އަނިޔާވީ ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.