ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލިމީހާއަށް އަނިޔާކުރި މީހާއަށް ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލިމީހާއަށް އަނިޔާކުރި މީހާއަށް ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Author
ޢަލީ އާދަމް
29 ޖޫން 2021 05:40
0

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކަށް އަނިޔާކުރި ބިދޭސީމީހާގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ ގައިގާ، އޭނާ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި، ބަލިމީހާގެ ޢާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރިފް ޚާން ޖެހި މައްސަލާގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ޝަރިފް ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މިދިޔަ މެއިމަހުގެ 26 ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ އެހީތެރިޔާ އޭނާގެ ގައިގާ ޖަހައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އޭގެފަހުން ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށައި، ޝަރިފް ޚާން ހައްޔަރުކޮށްފައި ވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބަލިމީހާ އަކީ އުމުރުން ގާތްގަނޑަކަށް 36 އަހަރުގެ މީހެކެވެ އަދި އެއީ އުފަންވި އިރު ވެސް ހިނގައިބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުގައި ވެސް ދަތިތަކެއް ހުރި މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.