ކަރަންޓީން ވުމާއި ނުލާ ދަތުރުކުރެވޭނެ ގޮތްތަކެއް ކަނޑައަޅައި އެކަމަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަން ސަރުކާރުން ނިންމަވައިފި އެވެ.
ކޯވިޑް 19ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިނުމަށް ހަމަޖައްސާފައިވާ ލުއިތަކާގުޅޭގޮތުން، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކޯވިޑް 19 ބަލި ޖެހި ރަނގަޅުވީތާ 60 ދުވަހުގެ ތެރޭގަައި ކަރަންޓީނު ވުމަކާއި ނުލާ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވާކަމަށެވެ.
އަދި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރޭ މިކަން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސައުތު އޭޝިއާގެ ގައުމަތަކުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައިވާ މަނާކުރުންވެސް ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމާފައި ވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކަމަށް ހުއްދަދޭނީ ގައުމުތަކުގައި ބަލި ފެތުރޭ މިންވަރާއި ބަލީގެ ހާލަތު ދެނެގަނެ އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި ކޯވިޑް ފެތުރެމުންދިޔަ މިންވަރު އިތުރުވުމާގުޅިގެން މެއި މަހު ހަރުކަށިކުރި ފިޔަވަޅުތަކާއި އެކު ބަލި ފެތުރޭ މިންވަރާއި ބަލިޖެހިގެން ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
ކޮމެންޓު ފޮނުވާ