ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަނގާ ކުރުމުގެ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ، އޭނާއަށް ކަންކަމުގައި ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާތީ އާއި "އެޅިހާ ބަތަކަށް ރިހައިގެ އުސޫލު" ނުގެންގުޅުއްވާތީ ސިޔާސީ ގޮތުން އޭނާ އަށް އެމްޑީޕީގެ "ދޮންމަންމަ" ކިޔާ ނަމަ އެކަން ވެސް ބަލައިގަންނަނީ "ޝަރަފެއް" ގެ ގޮތުގައި ކަމަށެވެ. އެ ޓުވީޓާ ވިއްދައިގެން ދެން ރޮޒައިނާ ވިދާޅުވީ، ބުލީކުރުމަކީ ސްކޫލްތަކުގައި އާންމު ކަމަކަށް ވިޔަސް ބުލީގެ ޝިކާރައަކަށް އޭނާ ވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ.
މޫނަށް ކުޅުޖެހުމާއި ލައްކަ ކަންތައް ދިމާވެއްޖެ، އިދިކޮޅުން ވެސް އެއްކޮޅުން ވެސް،
– ރޮޒައިނާ ވިދާޅުވިއެވެ.
Bully kurumakee school thakuga ekani hingaa kameh noon. Alhugandah school ga bully eh nukurey. Ekamu rayyithunge majleehuge geythereyn bully kuruma, moonah kulhu jehuma lakka kanthah dhimaavejje, idhikolhun ves ekkolhunves. Ekamuves adhi fahathakah nujessey in sha Allah.
— ?? ??????? ???? ? (@Roxeyna) June 27, 2021
ފެބްރުއަރީ 24، 2016 ގައި ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ޖަލްސާއެއްގައި ރޮޒައިނާ އާއި ކުރީގެ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާނާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރެއިން މޭޒުމަތީގައި ހުރި ފެންތަށި ނަންގަވައި ފެންފޮދެއް ހިއްޕެވުމަށް ފަހު، ރޮޒައިނާގެ މޫނަށް ނިހާންގެ އަނގައިގައި ހުރި ފެން ޖެއްސެވި މައްސަލަ އެ ދުވަސްވަރު ވަރަށް ބޮޑަށް ހޫނުވިއެވެ.
ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައި ފާހަގަކުރެއްވި ކަމަކީ ހަނގާ ކުރުމަކީ ހަމައެކަނި ސްކޫލްތަކުގައި ހިނގާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން، އޭނާއަށް ހަނގާ ކުރުމުގެ އަމަލުތަކާ ކުރިމަތިލާން ޖެހުނީ ސްކޫލްގެ ބަދަލުގައި މަޖިލީހުގެ ތެރެއިންނެވެ. ރޮޒައިނާ ފާހަގަކުރެއްވީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އިތުރުން އަމިއްލަ ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް ހަނގާ ކުރުމުގެ އަމަލުތައް އަމާޒުވެފައި ހުންނެވި ކަމަށެވެ.
އަޅުގަނޑަށް ސްކޫލްގައި ބުލީއެއް ނުކުރޭ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބުލީ ކުރުމާއި، މޫނަށް ކުޅު ޖެހުމާ ލައްކަ ކަންތައް ދިމާވެއްޖެ، އިދިކޮޅުން ވެސް އަދި އެއްކޮޅުން ވެސް.
– ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުންނާއި ރޮޒައިނާއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައި ވަނީ މިފަހަކަށް އައިސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އޭނާ ފާޑުވިދާޅުވާތީ ކަމަށް ބެލެވެއެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އުޅުނު ދުވަސްވަރު ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ރޮޒައިނާ އެވެ. އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ރޮޒައިނާ އެމްޑީޕީން ވަކިކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ޑީއާރުޕީން ސިޔާސީ ހަޔާތް ފެށްޓެވުމަށް ފަހު، 2013 ގެ ރިޔާސީ އިންތިޚާބަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރޮޒައިނާ އަކީ "އެމްޑީޕީގެ ދޮން މަންމަ" ގޮތުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޕާޓީގެ މެންބަރަކު ލިޔެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ