ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތީ މި ހިނގާ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އާންމު ގޮތެއްގައި ރައީސުން ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކަކީ ބޭސްފަރުވާއަށް ނުވަތަ އަމިއްލަފުޅު ބޭނުންފުޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކަށް ވާއިރު، މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
މީގެ ކުރިންވެސް ރައީސްގެ ދެމަފިރިކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ