މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ކަން އެ އިދާރާގެ ސަމާލުކަމަށް އައީ، އެ ބިދޭސީން މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.
ރަސްމީކޮށް އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް އަދި ހުށަހަޅާފައި ނުވި ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ އަމަލަކަށް ވާތީ ފުލުހުން އަންނަނީ މިކަން އިތުރަށް ބަލަމުންނެވެ. އަދި ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ