ބިގް ބޮސް ސީޒަން 2 އިން ފެނިގެން ދިއަ އެކްޓްރެސް ޕާޔަލް ރޯހަތުގީ އަވައްޓެރިންނަށް ބިރު ދައްކާ ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
އަހްމަދް އާބާދްގެ ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ މިއަދު އެވެ.
ޕާޔަލް ގެ މައްސަލަ ފުލުުހުން ނަށް ހުށައަޅާފައިވަނީ ޕާޔަލް ދިރިއުޅެމުންދާ ސޮސައިޓީގެ ޗެއާމަން ޑރ. ޕްރަގް ޝާހް އެވެ. އޭނާ މި މައްސަލަ ހުށައަޅާފައިވަނީ ބުރާސްފަތި ދުވަހު އެވެ.
މި މައްސަލަ ހުށައެޅިފަރާތުން ބުނެފައިވަނީ ސޮސައިޓީގެ މީހުންނަށް ހަނގާ ކުރުމާއި، ހެރޭސް ކުރުމާއި، އެ ސޮސައިޓީގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް ބިރުދެއްކުމުގެ މައްސަލަތަކެއް ޕާޔަލްގެ ފަރާތުން ހިންގާފައިވާ ކަމަށެވެ. އެގޮތުން ސޮސައިޓީގެ އާންމު ސަރަހައްދުގައި ކުޅެ ހަދާނަމަ ފައި ބިންދާލާނެ ކަމަށް ބުނެ ބައެއް ކުދިންނަށް ބިރުދައްކާފައި ވާކަމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.
ޕާޔަލް ދިރިއުޅެމުން އަންނަނީ އަހްމަދް އާބާދްގެ ސެޓެލައިޓް އޭރިއާގަ އެވެ. ޕާޔަލް މިތާގައި އޭނާގެ މައިންބަފައިންނާއި އެކުގައި އުޅޭތާ އަހަރަކަށްވުރެ ގިނަދުވަސް ވެދާނެ އެވެ.
ޕާޔަޔަލް ވަނީ 2019 ވަނަ އަހަރުވެސް ހައްޔަރުކޮށްފަ އެވެ. އެފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ ނެހެރޫ ގާންދީ އާއިލާއާ ގުޅޭގޮތުން ނަފްރަތު އުފެދޭފަދަ ތަކެތި ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.
ކޮމެންޓު ފޮނުވާ