ޕަތަން ރިލީޒް ކުރަނީ އަންނަ އަހަރު ޢީދުގައި!

ޕަތަން ރިލީޒް ކުރަނީ އަންނަ އަހަރު ޢީދުގައި!

ސުޕަސްޓާރ ޝާހްރުކް ޚާންގެ އުންމީދީ ފިލްމު "ޕަތަން"ގެ ޝޫޓިން އަލުން ފަށައިފިއެވެ.

ކޯވިޑް-19 ގެ ސަބަބުން މެދުކެނޑުނު މި ފިލްމުގެ ޝޫޓިންގ އަލުން ފަށަފައި މިވަނީ ޝާހްރުކް ފިލްމު އިންޑަސްޓްރީގައި 29 އަހަރު ހޭދަކުރުމުގެ މުނާސަބަތާއިވެސް އެކުގައެވެ.

މި ފިލްމުގެ ޝޫޓިންގ ކުރިއަށް އޮތް 18 ދުވަހު ޔާޝް ރާޖް ސްޓޫޑިއޯގައި ކުރިއަށް ގެންދާނެއެވެ. މި ފިލްމަކީ ޝާހްރުކްގެ ފިލްމް ޒީރޯއަށް ފަހު އޭނާ ފެނިގެންދާ ފުރަތަމަ ފިލްމެވެ. ޒީރޯ އަކީ 2018 ގެ ފިލްމެކެވެ. މި ފިލްމް ވީ ބޮޑު ފްލޮޕް އަކަށެވެ.

ޝާހްރުކްގެ ފިލްމެއް ސިނަމާއަށް ނާންނަތާ 2 އަހަރަށްވުރެ ގިނަވެފައި ވުމުން " ޕަތަން" އަށް ސަޕޯޓަރުން ކުރާ އިންތިޒާރު ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. މިއީ ޝާހްރުކްގެ 29 އަހަރުވީ ކެރިއަރުގައި މިފަދަ ބޮޑު ބްރޭކެއް ނެގި ފުރަތަމަ ފަހަރެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޢީދުގައެވެ.

ޕަތަންގެ މުމްބާއީ ޝޫޓިންގތަކަށް ފަހު މި ފިލްމުގެ ޓީމުން ޝޫޓިންގތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގަ އެވެ. ޝެޑިއުލާއި އެގޮތަށް ފިލްމުގެ ޝޫޓިންގ ކުރިއަށް ގޮސްފިނަމަ މި އަހަރުގެ އޯގަސްޓްގައި ފިލްމުގެ ޝޫޓިން އެއްކޮށް ނިމޭނެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ ޕަތާންގް ގައި ޝާހްރުކް ގެ އިތުރުން ދީޕިކާ ޕަޑްކޯން، ޖޯން އަބްރަހަމް އަދި ޑިމްޕަލް ކަޕާޑިއާ ވެސް ފެނިގެން ދާނެއެވެ. މީގެ އިތުރުން މި ފިލްމުން ސަލްމާން ޚާންވެސް ހާއްސަ ފެނިލުމަކުން ފެނިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *