ކޫސަނި ކަންކަމުގައި މީހުން ޕޮލިހަށް ހާޒިރު ކުރުމަކީ ހަމަޖެހޭ ކަމެއްނޫން: ޒައިދު

ކޫސަނި ކަންކަމުގައި މީހުން ޕޮލިހަށް ހާޒިރު ކުރުމަކީ ހަމަޖެހޭ ކަމެއްނޫން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
25 ޖޫން 2021 09:34
0

އެއްވެސް ތާކުންތާކު ނުޖެހޭ ކޫސަނި ކަންކަމުގައި މީހުން ޕޮލިހަށް ހާޒިރުކޮށް، ސުވާލުކޮށް ހެދުމަކީ ހަމަޖެހޭ ކަމެއްނޫން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު މަޖިލިސް މެމްބަރުންނަށް ނަސޭހަތްތެރިވެ ކުރެއްވި ޓްވީޓަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރުމާއި ގުޅިގެން ޝައިޚު އަލީ ޒައިދު ވިދާޅުވީ ފުލުހަށް ހުށަހެޅޭ އެއްވެސް ތާކުންތާކު ނުޖެހޭ ކަންމަމުގައި މީހުން ހާޒިރުކޯށް، ވަގުތު ބޭކާރު ކުރުމަކީ ވަރަށް ތާކުން ތާކުނުޖެހޭ ކަންތައްތަކެއްކަމަށެވެ. މިފަދަ ކަންކަން ތަކުރާރު ނުވޭނޭ ގޮތަށް މުއައްސަސާގެ މަސައްކަތް ބައްޓަން ކުރަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.

ތާކުން މީހަކު ޝަކުވާއެއް ކޮށްލާއިރަށް، ކޫސަނި ދެކޮޅު ނުޖެހޭ ކަންކަމުގައި، މީހުން ޕޮލިހަށް ހާޒިރު ކުރުމަކީ ހަމަޖެހޭ ކަމެއްނޫން! މިފަދަ ކަންކަން ތަކުރާރު ނުވުން ވަރަށް މުހިންމު.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރުކޮށް ބިރު ދެއްކި ކަމުގައި ވީނަމަވެސް “ނަފްރަތު” ބިލާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ޖެހުމެއް ނެތްކަމުގައި ޖަމްއިއްޔަތުއް ސަލަފުންވެސް ވަނީ ބުނެފައެވެ.

މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ.

– ޝައިޚު ކުރެއްވި ޓްވީޓު.

ސަލަފުން ބުނީ އެ ޓްވީޓަކީ ދީނީޢިލްމުވެރިއެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވާފައިވާ ޢާއްމު ނަޞޭޙަތަކަށް ވީހިނދު، ދީނީޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށްވެފައި، އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި، ފުލުސްއޮފީހަށް ޙާޒިރުކޮށް، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ ޢަމަލެއްކަމުގައި މެނުވީ މިޖަމްޢިއްޔާއިން ދޭކަމަށެވެ.

ދިވެހިރައްޔިތުންނަށާ، އަދި ނަފްރަތުގެ ބިލް ބަލައި ނުގަތުމަށް މިކުރަމުންދާ ކެމްޕޭންގައި ބައިވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން ޔަޤީންކަންވަނީ، ﷲ ނޫންފަރާތެއްގެ ބިރެއް ނުގަންނާނެކަމާއި، އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާ، ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު އަޅުގަނޑުމެން ސާބިތުވެތިބޭނެކަމެވެ.

އައްޝައިޚް މުޖްތަބާ ޙަމީދު ދެއްވާފައިވާ ނަޞޭޙަތަކީ ޢިލްމީގޮތުން ރަނގަޅު ނަޞޭޙަތެއްކަމުގައި ވީހިނދު، ޢާއްމުކޮށް ޢިލްމުވެރިޔަކު ދެއްވާ ހެޔޮ ނަޞޭޙަތަކީ މިގައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމީ މިހާރު ދިވެހިރައްޔިތުންނަށް ޔަޤީންވާންޖެހޭނޭ ކަމެއްކަމަށް ސަލަފުން ވަނީ ބުނެފައެވެ.

އަދި އޭގެ އިތުރުން މިޢަމަލަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއް ސަލަފުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.