ޔޫރަޕާ ލީގުގައި އޭޒެޑް އަލްކަމާރް އަތުން ބަލިވުމަކީ ލިބުނު ފިލާވާޅެއް ކަމަށް ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނެފިއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ގަޓޫސޯ ބުނީ މެޗުގެ ފުރަތަމަހާފްގައި އެޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް ޓީމަށް ދެވަނަހާފްގައި މާ އެކަށީގެންވާ ކުޅުމެއް ނުދެއްކުނުކަމަށެވެ. މެޗުގައި ދެވަނަހާފްގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މާގިނަ ޕާސްތައް ގެއްލުވާލުން ކަމަށް ގަޓޫސޯ ބުނިއެވެ. މިމެޗުން ބަލިވުމުން ގުރޫޕްގައި ކުރިޔަށް ދިޔުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ ކަމަށާއި ގޯސްތައް ތަކުރާކޮއްފި ކަމަށްވާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގަޓޫސޯ ބުނިއެވެ.
މުހިންމު ކުޅުންތެރިންނާ ނުލައިވެސް އަލްކާމާރުން ކުޅުނީ ވަރުގަދަ ރޫހާކާ އެކުމަށް ގަޓޫސޯ ބުނިއެވެ. މިމެޗުގައި އެޓީމުގެ ފަހަތުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އެހެންވެ ނަޕޯލީއަށް އެޓީމުގެ ގޯލް ފޫއަޅުވާލަން އުނދަގޫވިކަމަށް ގަޓޫސޯ ބުނިއެވެ. އެޓީމަށް ހޯދުނީ ގޯލަށް އަމާޒުކޮއް އެންމެ ފުރަސަތެއްކަމަށާ އެ ފުރުސަތުގެ ބޭނުން ހިފާ އެޓީމުން ލަނޑުޖެހީކަމަށް އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ބުނިއެވެ.
މި ހުރިހާ ކަމާއެކު ނަޕޯލިއަށް މިލިބުނީ ވަރަށް މުހިންމު ފިލާވަޅެއް ކަމަށް ގަޓޫސޯ ބުނިއެވެ. ލީގުގައި މާދަމާ ނަޕޯލީ ރަށުން ބޭރުގައި ނުކުންނާނީ ބެންވެންޓޯއާ ދެކޮޅަށެވެ.