ސިޓީއިން ކޭން އަށް 100 މިލިއަން ޕައުންޑް

ސިޓީއިން ކޭން އަށް 100 މިލިއަން ޕައުންޑް

Author
އިބްރާހީމް ސާޢިދު
22 ޖޫން 2021 10:25
0

މެންޗެސްޓާ ސިޓީން ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ގަންނަން 100 މިލިއަން ޕައުންޑާއި ތިން ކުޅުންތެރިން ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފިއެެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޭން ގަންނަން ހުށަހެޅި އެ ތިން ކުޅުންތެރިންނަކީ ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް، އިނގިރޭސި ވިންގް ރަހީމް ސްޓާލިން އަދި ސްޕެއިންގެ ޑިފެންޑަރު އައިމެރިކް ލަޕޯޓްއެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ދޭނީ އެއް ސީޒަނުގެ ލޯން އެއްބަސްވުމަކަށެވެ. އަދި އެ އެއްބަސްވުމުގެ ތެރެއިން އެ ދެ ކުޅުންތެރިންނަށް ވަކި ޓްރާންސްފާ ފީއެއް ދައްކައިގެން ކޮންޓްރެކްޓް ދާއިމީ ކުރެވޭ ގޮތަށް ވަކި މާއްދާއެއް ހިމަނަން ވެސް ސިޓީ އޮތީ ތައްޔާރަށެވެ.

ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް ވަނީ އަންގައިފައެވެ. އެކަމަކު ޓޮޓެންހަމް އަދި އޮތީ ކޭން ވިއްކާލާ ގޮތަކަށް ނޫނެވެ. ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ސިޓީން ވަނީ ކޭން ގަންނަން މިއަދު 100 މިލިއަން ޕައުންޑު (140 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފަ އެވެ. އެއީ ތިން ކުޅުންތެރިން ވެސް ހިމެނޭ ގޮތަށެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 150 މިލިއަން ޕައުންޑަށް ވުރެ ކުޑަކޮށް ކޭން ނުވިއްކާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.