އާޖެންޓީނާ ކުއާޓާ ފައިނަލަށް

އާޖެންޓީނާ ކުއާޓާ ފައިނަލަށް

ގުޅުންހުރި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ 1-0 އިން ޕެރަގުއޭ ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރޭ ކުޅުނު މެޗުގައި އާޖެންޓީނާއަށް ހަމަ އެކަނީ ލަނޑު ކާމިޔާބުކޮއްދިނީ އެންހެލް ޑި މާރިއާ ދިން ބޯޅައަކުން އަލެހަންދްރޯ ގޯމޭޒް (ޕަޕޫ ގޯމޭޒް)އެވެ. މި ލަނޑު ޖެހުމުގެ ކުރިން އާޖެންޓީނާ އަށް ލީޑުނަަގައިދޭން ސާޖިއޯ އަގުއޭރޯ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މި ލަނޑަށްފަހު އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕެރަގުއޭގެ ޖޫނިއާ އަލޮންސޯ އަތުން ބައިކޮޅަށް ވަން ގޯލުން އާޖެންޓީނާ އިން ލީޑުފުޅާކުރިއެވެ. އެކަމަކު އެ ބޯޅަ ފޮނުވާލަން އަރައި ހުރި މެސީ އޮފްސައިޑް ކަމަށް ނިންމައި އެ ގޯލު ބަލައިނުގަތެވެ. މެޗުގެ ދެވަނަހާފްގައި ޕެރަގުއާއީން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ.

ރޭ ކުޅުނު އަނެއް މެޗުގައި އުރުގުއާއީ ޗިލީ ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި އެޑުއާޑޯ ވާގާސްގެ ގޯލުން ޗިލީން ލީޑުނަގާފަ ވަނިކޮށް އުރުގުއޭ އިން އެއްވަރުކުރީ ޗިލީގެ އާޓޫރޯ ވިޑާލް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ގްރޫޕް އޭގެ އެއް ވަަނައިގައި އާޖެންޓީނާ އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދި ޗިލީއެވެ.

އާޖެންޓީނާގެ އިތުރުން މިހާތަނަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އަނެއް ދެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އާއި ޗިލީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *