ދައިރެކްޓަރ އަދި ލިޔުންތެރިޔާ ތާހިރާ ކަޝްޔަޕް ކުރާނާ ވަނީ އޭނާ މިހާރު މަސައްކަތް ކުރަމުންގެންދާ ފޮތް އިއުލާން ކޮށްފަ އެވެ. "ދަ 7 ސިންސް އޮފް ބީން އަ މަދާ" ނަމުގައި މި ފޮތް އިއުލާން ކޮށްފައިވަނީ މި ހަފްތާގައި ފާހަގަކުރި ބައްޕައިންގެ ދުވަހުއެވެ. މި ފޮތް އޭނާ އިއުލާން ކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
" އަހަރެން، އަމިއްލަ ބައްޕަ އަދި އަހަރެންގެ ކުދިންގެ ބައްޕަ ދެކެ ވެސް ވަރަށް ލޯބިވޭ. އެކަމަކު ބައްޕައިން ދުވަހުގައި އަހަރެންގެ ފޮތުގެ ނަން މިހާމަ ކުރަނީ. މި ފޮތަކީ 'ދަ 7 ސިންސް އޮފް ބީން އަ މަދާ' "
– ތާހިރާ
މިއީ އޭނާ ފުރަބަންދުގައި ލިޔުނު ދެވަނަ ފޮތެވެ. މިއީ މިހާތަނަށް އޭނާ ލިޔެ ޝާއިޢުކުރާ 5 ވަނަ ފޮތެވެ. އޭނާގެ ހަތަރުވަނަ ފޮތް "12 ކޮމާންޑްމެންޓް އޮފް ބީން އަ ވިމެން" އަށް ވަނީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހު އިންޑިއާ ލޮކްޑައުން ކުރުމުން އޭނާ ވަނީ "ދަ ލޮކްޑައުން ޓެއިލްސް"ގެ ނަމުގައި ކުރު ވާހަކަ ތަކެއްވެސް ލިޔެފަ އެވެ. އަދި އޭނާ އަމިއްލައަށް މި ވާހަކަތައް ކިޔައިދީ އިންސްޓަގްރާމްގައި ވީޑިއޯގެ ގޮތުގައި ހިއްސާކޮށްފައި ވެއެވެ.
ބޮލީވުޑްގެ ތަރި އަޔުޝްމާން ކުރާނާގެ އަންހެނުން ތާހިރާ އަކީ ކެންސަރާއި ހަނގުރާމަކޮށް މިހާރު އެބަލިން ރަނގަޅުވެފައިވާ ފަންނާނެކެވެ.
ކޮމެންޓު ފޮނުވާ