ޕްރިޔަންކާ ޗޯޕްރާ ވިކްޓޯރިއާސް ސީކްރެޓާ ގުޅިއްޖެ

ޕްރިޔަންކާ ޗޯޕްރާ ވިކްޓޯރިއާސް ސީކްރެޓާ ގުޅިއްޖެ

Author
ފާތިމަތު ނާވީ
21 ޖޫން 2021 04:57
0

ޕްރިޔަންކާ ޗޯޕްރާ، ފުޓްބޯޅަތަރި މެގަން ރަޕިނޯއީގެ އިތުރުން، އިތުރު ފަސް އަންހެނުންވަނީ ވިކްޓޯރިއާސް ސީކްރެޓާ ގުޅިފައެވެ. އެމެރިކާގެ ލޯންޖްރެއި ބްރޭންޑުން ދަނީ އެމީހުންގެ ސުޕަރ މޮޑެލުން ވަކިކޮށް އަންހެން އެތުލީޓުން، އެކްޓްވިސްޓުން އަދި ވިޔަފާރިވެރިން ނަގަމުންނެވެ. މިއީ އަންހެނުން ބާރުވެރި ކުރުަމަށްޓަކައި ވިކްޓޯރިއާއިން ހިންގާ ޕްރޮޖެކްޓެކެވެ.

ވިކްޓޯރިއާސް ސީކްރެޓްގެ ޗީފް އެކްޒެކެޓިވް މާޓިން ވާޓާސް އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ދުނިޔެ ބަދަލުވަމުންދާ ވަރަށް އެމީހުން ވެސް ބަދަލުވާން ޖެހޭ ކަމަށެވެ. އަދި މިހާރުވެސް ވަރަށް ބޮޑަށް ބަދަލު ވެފައި ވާކަމަށް މާޓިން ވަނީ ބުނެފަ އެެވެ.

މި ކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނި މިއީ ރަނގަޅު ބަދަލެއް ކަމަށާއި ވިކްޓޯރިއާސް ސީކްރެޓާ އެކުގައި މަސައްކަތް ކުރުމަށް ވަރަށް "އެކްސައިޓެޑް" ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.