މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރަކަށް ނަރީޝް

މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރަކަށް ނަރީޝް

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2021 01:39
0

މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކަނޑައަޅާ ބޭފުޅަކަމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް ކަނޑައެޅުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ސާފު މެޖޯރިޓީ އޮތް ޕީޕީއެމްގެ ކައުންސިލަރުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޑެޕިއުޓީ މޭޔަރަކަށް ވާދަކުރާނެ މީހެއްގެ ގޮތުގައި ނަރީޝް ކަނޑައަޅުއްވާފައެވެ. ނަރީޝް އާއި ވާދަ ކުރެއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާއެވެ. ވިލިމާލެ ޝުޖާއަށް 4 ވޯޓް، ނަހުލާއަށްވެސް ލިބުނީ 4 ވޯޓެވެ. ނަރީޝްއަށްވަނީ 5 ވޯޓް ލިބިފައެވެ.

ސިޓީ ކައުންސިލްތަކުގެ ތެރެއިން މިހާތަނަށް ޑެޕިއުޓީ މޭޔަރަކު ކަނޑަނާޅައި އޮތީ މާލެ ސިޓީ ކައުންސިލް އެކަންޏެވެ. ކައުންސިލްތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރުގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީވެސް މާލެ ސިޓީ ކައުންސިލްގައެވެ. މާލެ ސިޓީ އެކައުންސިލްގައި މޭޔަރާއެކު ހިމެނިވަޑައިގަންނަވާ 19 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނަރީޝް އަށް މަރުހަބާ ހިތުގެއެންމެ ފުންމިނުން