ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓުދީފި

ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓުދީފި

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2020 02:23
0

މިއަދު ހެނދުނުން ފެށިގެން މާލެއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓުގެ ޚިދުމަތް ދީފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައާއި ގުޅިގެން މުޅި މާލެއިން ކަރަންޓް ކެނޑުނުނަމަވެސް މިހާރު އެމައްސަލަ ޙައްލުކޮށް މާލެއަށް ކަރަންޓުގެ ޚިދުމަތް ދީފައިވާކަމަށެވެ. މިއީ މިފަހުން މާލެއިން މިހާ ގިނަ އިރުތަކެއް ވަންދެއްން ކަންޓު ކެޑުނު ފުރަތަމަ ފަހަރެވެ. މިއަދު މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ގިނަބައެއްގެ ކަންބޮޑުވުންތައް ސޯޝަލް މީޑީޔާގައިވަނީ ހިއްސާކޮށްފައެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ސަތިތަކަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކަރަންޓް ކެނޑި ގިނަ އިރުތަކެއް ވުމުގެ ސަބަބުން ބޮޑެތި ދަތިތަކައި ޢާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ވަނީ ކުރިމަތިލަންޖެހިފައެވެ. އަދި ދިރާގާއި އުރީދޫގެ ނެޓްވޯކަށްވެސް ވަނީ ބުރޫއަރާފައެވެ. ނަމަވެސް މިހާރު އިންޓަނެޓްގެ ހިދުމަތްތައްވެސް ވަނީ ރަނގަޅުވެ އަލުން ޙިދުމަތްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.