ކަރީނާ ކަޕޫރު ވަނީ އާ ވީޑިއޯއެއް އެނާގެ އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ. ބުރާސްފަތި ދުވަހުގައި އޭނާ ހިއްސާ ކޮށްފައިވާ މި ވީޑއޯއިން އޭނާގެ މުމްބާއީ އާ ގެ ވަނީ ބެލުންތެރިންނަށް ދައްކާލާފަ އެވެ.
މި ވީޑީއޯއިން ފެނިގެންދަނީ ކަރީނާ އޭނާގެ އެދުގައި އިށީނދެގެން އިންދައެވެ. ވީޑިއޯގައި ވާހަކަ ދައްކަމުން ދުވަސް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރާކަމަކީ އަގަޔަށް ތެޔޮ ފޮދެއް ލައިގެން ދެމިނިޓް ވަންދެން އޭގެން އަނގަ ދޮވެލުން ކަމަށް އޭނާ މި ވީޑީއޯ ގައި ބުނެފައި ވެއެވެ.
ބަތަލާ އަނުޝްކާ ޝަރުމާވެސް ވަނީ މީގެ ކުރިން ހަަމަ މިގޮތަށް އޭނާވެސް ކަންތައް ކުރާކަމަށް ބުނެ ވީޑީއޯ އެއް ހިއްސާކޮށްފަ އެވެ. މިކަމަށްޓަކައި މި ދެތަރިންވެސް ބޭނުންކުރަނީ އެއް ވައްތަރެއްގެ ތެލެކެވެ. މިއީ ހަމަ މިގޮތަށް އަނގަ ދޮވުމަށް ހާއްސަ ބާވަތެއްގެ ތެލެކެވެ. މީ ވަރަށް އިފެކްޓިވް އެކްސަސައިޒެއް ކަމަށް މި ބަތަލާއިން އެއްބަސް ވެއެވެ.
މި ވީޑިއޯ ގެ އެހެން ބައެއްގައި ކަރީނާ އޭނާގެ ކޮޓަރިން ނުކުމެގެން އަންނަ ތަން ފެނެއެވެ. އެހެންކަމުން ވީޑިއޯގައި އޭނާގެ ގޭގެ ރީތިކަން ވަރަށް ރަނގަޅަށް ފެނެއެވެ.
އަދި ހަމަ އެހެންމެ މި ވީޑިއޯގައި އޭނާގެ ބެލްކަނީގައި ގަހަށް ފެންދޭން ހުއްޓާ ވެސް ފެނިގެން ދެއެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ހޭލައިގެން ގަހަށް ފެންދިނުމަކީ ކަރީނާ ކުރާކަމެއް ކަން އެގިނގެން ދެއެވެ.
ސައިފް އަލީ ޚާނާއި ކަރީނާ މި ގެ ގަނެފައިވަނީ މިދިޔަ އަހަރު އެވެ. އަދި މި ގެޔަށް ބަދަލުވެފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ.