ސައުތު އިންޑިއަން ފިލްމީ ތަރި ހާއްސަކޮށް ކަންނަޑާ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ސަންޗާރީ ވިޖޭ ވަނީ މަގުމަތީގައި ހިގި އެކްސިޑެންޓެއްގައި މަރުވެފަ އެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ހަފްތާއެއް ކުރިން މިދިޔަ ހޮނިހިރު ދުވަހު ބެންގަލޫރުގައެވެ.
އޭނާގެ ފަހު ނޭވާ ދޫކޮށްފައިވަނީ ބްރެއިން ހެމަރޭޖެއްގެ ސަބަބުން ކުރިއަށް ގެންދިޔަ ސަރޖަރީއަށް ފަހުގައި ހޯމަ ދުވަހުގަ އެވެ. އޭނާގެ އާއިލާއިން ނިންމާފައި ވަނީ އޭނާގެ ގުނަވަންތައް ޑޮނޭޓް ކުރުމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އޭނާގެ ރައްޓެހިންތަކަކާއި ބައްދަލުކުރުމަށް ފަހު ގެޔަށް އައި މަގުމަތީގައި އޭނާގެ ސައިކަލު ކަހާލައިގެން ވެއްޓީ މަގުމަތީހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި އޭނާގެ ކަނާތް ފަރާތުގެ ފަލަ މަސްގަނޑުގެ އިތުރުން ކަނާތްފަރާތުން ސިކުނޑިއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެކްސިޑެންޓަށްފަހު އޭނާއަށް ވަނީ ވަގުތުން އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ.
ޓައިމްސް އޮފް އިންޑިޔާއަށް މައުލޫމާތު ދެމުން ވިޖޭ ގެ ބޭބެ ސިދޭޝް ބުނެފައިވަނީ އެކްސިޑެންޓްގެ ސަބަބުން އޭނާގެ ސިކުޑި މަސައްކަތް ކުރުން ހުއްޓުނީ ކަމަށެވެ. އަދި ވިޖޭއަކީ އަބަދުވެސް މުޖުތައަށް އެހީވާން ބޭނުންވި މީހެއްކަމުން އާއިލާއިން ނިންމާފައިވަނީ އޭނާގެ ގުނަވަންތައް ހަދިޔާކުރުމަށެވެ. އަދި އެމީހުން ދެކޭގޮތުގައި މިއީ ވިޖޭވެސް ބޭނުންވާނެ ގޮތެވެ.
ވިޖޭ އަކީ 2015 ވަނަ އަހަރު ފިލްލީ ދާއިރާއިން ނޭޝަނަލް އެވޯޑުވެސް ހޯދާފައިވާ ތަރިއެކެވެ.