އެއިޖާޒް ފޮޓޯ ޝެއާކުރުމުގެ ކުރިން ލޯބިވެރިޔާގެ ހުއްދަ ހޯދާ!

އެއިޖާޒް ފޮޓޯ ޝެއާކުރުމުގެ ކުރިން ލޯބިވެރިޔާގެ ހުއްދަ ހޯދާ!

Author
ފާތިމަތު ނާވީ
16 ޖޫން 2021 08:24
0

ފިލްމީ ތަރި އެއިޖާޒް ޚާން ވަނީ ދުވަސްކޮޅެއް ކުރިން އޭނާގެ ޝާޓްލެސް ފޮޓޯއެއް އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ. މި ފޮޓޯ ހިއްސާކުރަމުން އެޖާޒް ބުނެފައި ވަނީ މި ފޮޓޯ ހިއްސާކުރުމުގެ ކުރިން އޭނާގެ ލޯބިވެރިޔާ އެކްޓަރ ޕަވިތުރާ ޕޫނިއާގެ ހުއްދަ ނަގާފައިވާ ކަމަށެވެ.

މި ފޮޓޯއަށް ޕަވިތުރާ ވަނީ ކޮމެންޓު ކޮށްފަ އެވެ. އެގޮތުން އޭނާ ބުނެފައި ވަނީ " އޭމް ސްވެޓިން" މިހެންނެވެ. މި ކޮމެންޓަށް ޖަވާބު ދެމުން އެއިޖާޒް ބުނެފައިވަނީ ޕަވިތުރާއަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Eijaz Khan (@eijazkhan)

މީގެ އިތުރުން އެތަށް ބައެއްގެ ކޮމެންޓު ވަނީ މި ފޮޓޯއަށް ލިބިފައިއެވެ. އެއިޖާޒާއި ޕަވިތުރާ އަކީ އާންމުކޮށް ސޯޝަލް މީޑިއާގައި އެދެމީހުންގެ ލޯބި ފާޅުކޮށް އުޅޭ ދެ ފަންނާނުންނެވެ.

އެގޮތުން ދޭތެރެއަކުން ރޮމޭންޓިކް ޕޯސްޓް ހިއްސާކުރެއެެވެ. އަދި ކުރިއަށް އޮތްތާގައި ކައިވެނި ކުރުމުގެ ވާހަކަ ވެސް މި ދެލޯބިވެރިން ވަނީ ދައްކާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.