އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްތިއުފާދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްތިއުފާދެއްވައިފި

Author
ޢަލީ އާދަމް
15 ޖޫން 2021 12:11
0

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ޝަރީފް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ. ޝަރީފް ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ ވޭތުވެދިޔަ 3 އިންތިޚާބުގައި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތޮ ކޮށްދެވުނުކަމުގެ ހިތްހަމަޖެހުމާއެކު ކަމަށެވެ. އަދި ކުރިމަގުގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފެންނާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް އިސްތިއުފާދެއްވާފައި މިވަނީ ގޮންޖެހުން ބޮޑު ތިން އިންތިޚާބެއް ކޮމިޝަނުން ކުރިއަށްގެންދިޔައިރު ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 2019 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބްގެ އިތުރުން، މިދިޔަ އަހަރު ބޭއްވުމަށް ތާވަލްކޮށް ކޯވިޑްގެ ސަބަބުން ފަސްކުރުމަށްފަހު މިއަހަރު ބޭއްވީ ލޯކަލް ކައުންސިލް އިންތިޚާބަކީ ގޮންޖެހުން ބޮޑު އިންތިޚާބެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާނެކަމަށް ޝަރީފްވަނީ ކުރިންވެސް ވިދާޅުވެފައެވެ.

އަޙްމަދު ޝަރީފް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރެވުނީ 2018 ވަނަ އަހަރުގެ މާޗް 03 ވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.