ނަފްރަތުގެ ޢަމަލު ބަޔާކުރާ ބިލަކީ އިސްލާމީ ވިސްނުމުގެ ބިލެއް: ޙިސާން

ނަފްރަތުގެ ޢަމަލު ބަޔާކުރާ ބިލަކީ އިސްލާމީ ވިސްނުމުގެ ބިލެއް: ޙިސާން

Author
ޢަލީ އާދަމް
15 ޖޫން 2021 12:55
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތު އުފެއްދުމުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅީ އިސްލާމީ ވިސްނުމަކުން ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ޙިސާން ޙުސައިން ވިދާޅުވެއްޖެ އެވެ.

ޙިސާން ހުށައައެޅުއްވީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފައެވެ.

ބިލާމެދު ބަހުސްކުރަން ހުޅުވާލުމުގެ ކުރިން ވާހަކަދައްކަވަމުން ޙިސާން ވިދާޅުވީ، ބިލް ޑިޒައިން ކޮށްފައި ވަނީ ހަމައެކަނި ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން ކަމަށެވެ. އަދި ދީނީގޮތުން މިކަންކަން އޮތްގޮތް ވަރަށް ރަނަގަޅަށް ބަލައި ރަސޫލާގެ ހަދީޘް ފުޅުތަކާއި އެކަންކަމާމެދު އިމާމުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރިއާޔަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި ބިލް ސްޕޮންސާ ކުރަން ނިންމެވީ ކީއްވެގެންތޯ ގިނަބަޔަކު ސުވާލުކުރަމުން ގެނދާކަމަށާއި އޭނާއަށް ދަސްވެފައި އޮތީ އިންސާނާގެ ލެޔަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ކަމަށް ޙިސާން ވިދާޅުވިއެވެ. އެހެންކަމުން މީހަކު މަރަން ނުގޮވޭނެ ކަމަށާއި އަދި މީހަކު ނުރައްކަކަށް ހުށަހެޅިދާނެ އަމަލެއް ކުރެވިގެން ނުވާނެ ކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތް ހިނގަނީ ތަރުތީބުވެފައިވާ އިޖުރާތްތަކެއްގެ ތެރެއިން ދައުލަތުގެ މުވައްސަސާތައް މެދުވެރުކޮށް ގާނޫނު އަސާސީއާއި ގާނޫނުގެ ތަރަހައިގެ ތެރެއިން ކަމަށެވެ. އަދި މީހެއްގެ މައްޗަށް ކަމެއް ސާބިތުކޮށް ހުކުމެއް ހިންގާނެ ފަރާތްތަކާއި ގޮތްތައްވެސް ކަނޑައެޅިގައި ވާކަމަށް ހިސާން ވިދާޅުވިއެވެ.

"އެހެންކަމުން އެ އިޖުތެރެއިން ކުށްކަނޑައެޅުމާއި ކުށްވެރިކުރުން އަދި ކުށުގެ މައްސަލަ ބެލުން އެެއީ ދައުލަތުން ކުރާކަމެއް. އެކަންކަން ކުރަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުންވާނީ ނިޒާމް ގެއްލި ގާނޫނު އަތްމައްޗަށް ނަގައި
މުޅި މުޖުތަމައުގެ އަމަން އަމާންކަން ގެއްލިގެންދާނެ ކަމަކަށް." – ހިސާން

ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށްް ބޮޑު މިނިވަންކަމެއް ލިބިގެންދާނެ އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ތައުހީނުކުރުމަކީ މިހާރު ވެސް ރާއްޖޭގައި ކުށެއް ކަމަށެވެ.

"ނުރަނގަޅު މަގަކުން މީހަކު ދާ ނަމަ، ނުވަތަ މީހެއްގެ އަގީދާ ބަލިކަށިވެއްޖެކަން އެނގިއްޖެ ނަމަ އެކަން ފާހަގަކޮށް އެ މީހަކަށް ހެޔޮ ނަސޭހަތްދިނުން މި ބިލް މަނައެއް ނުކުރޭ،" – ހިސާން

ހިސާން ވިދާޅުވީ ބިލުގެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހަގީގަތަކީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާން ދީނުގެ އެންމެ މަތީ އިމާމުން ދެއްވާފައިވާ އިރުޝާދުތަކާއި އިސްލާމީ ޝަރީއަތުގެ އިލްމަށް ރިއާޔަތް ކޮށްގެން ކަމަށް ޙިސާން ވިދާޅުވިއެވެ.

މި ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް ތަފްސީލްކޮށް އިތުރު ބިލެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންތިރި
ބޯވެސް ތިހުރީ އިސްލާމީ ވިސްނުމާ އެއްގޮތަށް
ލ ލަދު
މަދީނާއިން ކިޔަވާ ވިދާޅުވެ ވަޑައިގެން ހުންނެވި ޢިއްޒަތްތެރި ޝައިޚަކަށް ފޫޅު ކަނޑާފަހުރި "ޢިއްޒަތްތެރި" ލާދީނީ ދައްޖާލެއް..!
ބ ބަގުޑި
މީނަ އަށް އިސްލާމީ ވިސްނުމެއް އައީ ކިހިނެތް؟؟؟ ރޯ އޮރިޔާމ މިހުރީ އަދިވެސް. މާފުންކޮށ ނުވިސްނާ ތަންކޮޅެއް ތިލަކޮށް ފަށާބަލަަ. މިބުނީ ފަސްޓް އޮރިޔާން ނިވާކުރެވޭތޯ ބަލާށޭ. ހަދީޘާއި ފުންނާބު އުސް ދީނީ އިލްމުވެރިންގެ ރައުޔުތަށ ދިރާސާކުރިއްޔާ ފެންނާނެ އޮރިޔާން ނިވާކުރަން އަންގަވާފަ އޮތްތަން.