ދިވެހި ގައުމު މިހާރު އޮތް ޙާލަތުން ސަލާމަތް ކުރެވޭނީ ދީނާ ގައުމުގެ ޙައްގުގައި ކޮންމެ ފަދަ ގޮންޖެހުމަކާވެސް ކުރިމަތިލާން ކެރޭ ހިތްވަރާ ގާބިލް ކަން ހުރި ލީޑަރަކަށްކަމަށާއި، އެ ލީޑަރަކީ ރައީސް ޢަބްދުﷲ ޔާމީންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ، ރާއްޖޭ މިނިވަންކަމާއި އިސްތިގުލާލަށް އިންޑިއާއިން ނުފޫޒުފޯރުވާކަމަށް މިސަރުކާރަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ. މިގޮތުން ރާއްޖޭގެ އެއަރޕޯޓްތައް ބޭރުގެ 100 އިންސައްތަ ހިއްސާވާގޮތަށް ބޭރުގެ ކުންފުނިތަކަށް ހިންގަން ދެވޭގޮތަށް ސަރުކާރުން ގެނައި އިޞްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މިސަރުކާރުން ހަނިމާދޫ އެއަރޕޯޓް ހިންގަން އިންޑިއާއަށް ދިނުމަށް ނިންމާފައިވާކަމުގެ އަޑުތައް ގަދަވެފައިވެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ދިވެހި ގައުމު ދެން ސަލާމަތް ކުރެވޭނީ ދީނާ ގައުމުގެ ޙައްގުގައި ކޮންމެ ފަދަ ގޮން ޖެހުމަކާވެސް ކުރިމަތިލާން ކެރޭ ހިތްވަރާ ގާބިލް ކަން ހުރި ލީޑަރަކަށްކަމަށެވެ. އެ ފަދަ ލީޑަރަކަށް ހުރީ ހަމަ އެކަނި ރައީސް ޢަބްދުالله ޔާމީން ޢަބްދުލްގައްޔޫމް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ދިވެހި ގައުމު ދެން ސަލާމަތް ކުރެވޭނީ ދީނާ ގައުމުގެ ޙައްގުގައި ކޮންމެ ފަދަ ގޮން ޖެހުމަކާވެސް ކުރިމަތިލާން ކެރޭ ހިތްވަރާ ގާބިލް ކަން ހުރި ލީޑަރަކަށް.އެ ފަދަ ލީޑަރަކަށް ހުރީ ހަމަ އެކަނި ރައީސް ޢަބްދުالله ޔާމީން ޢަބްދުލްގައްޔޫމް #ރައީސްޔާމީންމިނިވަންކުރޭ
— Abdul Raheem Abdulla (@Banafsaa) June 14, 2021
އޭނާ ވިދާޅުވީ، އިގްތިޞާދީ، އިޖްތިމާޢީ، ޢުމްރާނީ ތަރައްގީގެ އެންމެ ބިޔަ އެންމެ ގިނަ މަޝްރޫޢުތައް ހިންގެވީ ރައީސް ޔާމީންކަމަށެވެ. އަދި އިސްލާމްދީނާ ގައުމުގެ މިނިވަންކަމާ އިސްތިގްލާލް އެމަނިކުފާނު ޤުރުބާން ނުކުރައްވާނެކަމަށާއި، ބައެއްގެ އަޅުވެތިކަމަކަށް ގައުމު ދޫކޮށެއް ނުލައްވާނެކަމަށެވެ.
އިގްތިޞާދީ،އިޖްތިމާޢީ،ޢުމްރާނީ ތަރައްގީގެ އެންމެ ބިޔަ އެންމެ ގިނަ މަޝްރޫޢުތައް ހިންގެވީ ރައީސް ޔާމީން.އިސްލާމްދީނާ ގައުމުގެ މިނިވަންކަމާ އިސްތިގްލާލް ގުރުބާނެއް ނުކުރައްވާ.ބައެއްގެ އަޅުވެތިކަމަކަށް ގައުމު ދޫކޮށެއް ނުލައްވާ.އަދިވެސްވާނީ ރައީސް ޔާމީނަށް #ރައީސްޔާމީންމިނިވަންކުރޭ
— Abdul Raheem Abdulla (@Banafsaa) June 14, 2021
އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް ކޮންޓްރޯލާއެކު އެއަރޕޯޓްތަކުގެ 100 އިންސައްތަ ހިއްސާ ބޭރު ފަރާތްތަކަށް ދެވޭގޮތަށް ސަރުކާރުން ގެނައި އިޞްލާހަށް ވަނީ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައެވެ. ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި ބުނެފައިވަނީ، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެކަމަށެވެ. އަދި އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް%100 ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
ނަމަވެސް ރާއްޖޭން ބޭރުގެ ކުންފުންޏަކަށް އެއްވެސް އެއާޕޯޓެއްގެ ހިއްސާ ދިނުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ