އަތޮޅުތެރޭގައި ގެދޮރު އިމާރާތްކުރުމަށް ކުޑަ އިންޓަރެސްޓެއްގައި، 7 ލައްކަ ރުފިޔާ އާއި ހަމައަށް ލޯނުލިބޭ ލޯން ސްކީމެއް ތައާރަފްކޮށްފި އެވެ.
"ގެދޮރުވެރިޔާ" ގެ ނަމުގައި ސަރުކާރުން މިރޭ އިއުލާން ކުރި މި ލޯން ސްކީމަކީ ގެދޮރުވެރި ކަމުގެ ޕްރޮގްރާމްގެ ދަށުން، ޢިމާރާތްކުރުމަށް ފަށާފައިވާ ގެއެއް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި ދިނުމަސް ތައާރަފްކުރި ލޯން ސްކީމެކެވެ.
އަތޮޅުތެރެއަށް ހާއްސަކޮށްގެން ފެށި މި ސްކީމަސް ކޮންމެ ރަށެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ އެވެ. އެޗްޑީއެފްސީ މެދުވެރިކޮށް އާންމުންނަށް ދޫކުރާ މި ލޯންގެ އެޕްލިކޭޝަންތައް ދިރާސާ ކުރާނީ އެޗްޑީއެފްސީ އާއި ހައުސިން މިނިސްޓްރީ ގުޅިގެންނެވެ.
How repayment of #Gedhoruveriya Loan may look like based on desired repayment period pic.twitter.com/JRONGPzjBt
— Government of Maldives (@governmentmv) June 14, 2021
ލޯން ސްކީމް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަން ހޯދުމަށް އަތޮޅު ތެރޭގެ ރައްޔިތުންނަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ގެދޮރު އިމާރާތް ކުރުމުގެ ފައިސާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނެތުން ކަމަށެވެ.
"ރާއްޖޭގެ ބޭންކްތަކުން ގެދޮރު އިމާރާތް ކުރުމަށް ދެމުންގެންދާ ލޯންތަކި ބޮޑު އިންޓްރެސްޓް ރޭޓެއްގައި ދެމުންއަންނަ ލޯންތަކެއް، އަތޮޅު ތެރޭގެ އިމާރަތް ކުރެވޭ ގެދޮރަކީ އޭގެ ކޮމާޝަލް ވެލިއު މާލެއާ އަޅާ ބަލާއިރު، ވަަރަށް ބޮޑުތަނުންވެސް ކުޑަ ތަންތަން"
– އަސްލަމް
#Gedhoruveriya Loan covers 80% of the total cost of the project. The remaining 20% put up by the project owner does not need to be savings in the bank. pic.twitter.com/Aa5kcYWrEF
— Government of Maldives (@governmentmv) June 14, 2021
އެހެންކަމުން މި ސްކީމްގެ މަގްސަދަކީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ގެދޮރު އިމާރާތްކުރުމަށް ލޯން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އަސްލަމް ވިދާޅުވިއެވެ. މި ލޯންގެ އިންޓަރެސްޓް ރޭޓަކީ 6 އިންސައްތައެވެ.
އަސްލަމް ވިދާޅުވީ މި ސްކީމްގެ ސަބަބުން، އަތޮޅު ތެރޭގެ ރައްޔިތުން، އަތޮޅުތަކުގައި ދިރިއުޅެ މާލެއަށް ހިޖުރަ ކުރުމަށް އޮންނަ ޝައުގުވެރިކަން ކުޑަ ކުރެވޭނެކަމަށެވެ.