ސިފައިގެން ޓްރެއިނިން ސެންޓަރ ކ. ގިރިފުށީ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފި އެވެ.
18.35 މިލިއަން ރުފިޔާގެ މި މަޝްރޫއު ގެ ދަށުން 314 މީޓާރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި، އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އާދަމް އާޒިމެވެ.
MTCC has signed with @MNDF_Official to upgrade K. Girifushi Harbor. CEO @adamazim signed on behalf of MTCC and Commandant of Service Corps, Brigadier General Hamid Shafeeq signed on behalf of the MNDF. Minister of Defence Her Excellency @MariyaDidi graced the ceremony. pic.twitter.com/pBii9heWoF
— MTCC Plc (@MTCCPlc) June 14, 2021
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މި ޕްރޮޖެކްޓާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލީޑަރޝިޕާއި އެމްޓީސީސީގެ މެނޭޖްމަންޓާއެކު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޑިފެންސްމާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ މި ޕްރޮޖެކްޓްގެ ފައިސާ ދެއަހަރަށް ބަހާލައިގެން ދައްކާގޮތަށް އެއްބަސްވެފައިވާތީ އެމްޓީސީސީއަށް ޝުކުރު އަދާކޮށްފައެވެ.
ގިރިފުށީ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 145 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޮމެންޓު ފޮނުވާ