ކެޓްރީނާ އާއި ވިކީގެ ގުޅުން ހަރްޝް ފަޅާ އަރުވާލުމުން ކެޓްރީނާ ހިތްހަމަ ނުޖެހުނު!

ކެޓްރީނާ އާއި ވިކީގެ ގުޅުން ހަރްޝް ފަޅާ އަރުވާލުމުން ކެޓްރީނާ ހިތްހަމަ ނުޖެހުނު!

ގުޅުންހުރި

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އަކީ ތުންތުން މަތިން ދެކެވެމުން އައި ވާހަކައެކެވެ. މި ވާހަކަ ދެކެވޭތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައި ވީނަމަވެސް މިކަން އަދި މިހާތަނަށް އެއްވެސް ގޮތަކަށް ޔަގީން ކުރެވިފައެއް ނެތެވެ. މި ދެތަރިންވެސް މިކަމާގުޅޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ޒޫމްގެ ޝޯވއެއްގައި ވާހަކަދައްކަމުން ހަރްޝް ވަރުދަން ކަޕޫރް ވަނީ ކެޓްރީނާ އާއި ވިކީ ޑޭޓް ކުރާކަން ހާމަކޮށްފައެވެ. އަދި މިކަން ހާމަ ކުރުމުން އެއްވެސް މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ނުވިސްނާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ވިކީ އަދި ކެޓްރީނާ އެކުގައި އުޅޭކަމުގެ ވާހަކަ ކުރިންވެސް ވަނީ ފެތުރިފައެވެ. އަދި ދެމީހުން ވަގުވަގަށް އެކަކު އަނެއްކަކު އުޅޭ އެޕާޓްމެންޓް އަށް ވަންނަ ކަމަށާއި އެކުގައި ވަގުތު ހޭދަކުރަމުން ދާ ކަމުގެ ވާހަކަތަށް ވެސް ދޭތެރެ ދޭތެރިން ދަނީ ދެކެވެމުންނެވެ.

ހަރްޝް ވަރުދަން މި ވާހަކަތަށް އާންމު ޓީވީގައި ދެއްކުމުން ކެޓްރީނާ ވަނީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ކެޓްރީނާއާއި ގާތް މީހަކު މީޑިއާތަކަށް ބުނީ ކެޓްރީނާގެ އަމިއްލަ އެފަދަ ކަމަކާމެދު ވާހަކަދެއްކުމުގެ އެއްވެސް އިޒްނައެއް ހަރްޝްއަށް ލިބިފައި ނުވާކަމަށެވެ. އަދި ކެޓްރީނާ އާއި ހަރްޝް ވަރުދަން އަކީ މާބޮޑަށް ދަންނަ ދެމީހުންނަށް ނުވާއިރު އެފަދަ ވާހަކައެއް އާންމުކުރާއިރު ކެޓްރީނާގެ ހުއްދަ ހޯދަން ޖެހޭނެކަމަށް މީޑިއާއަށް މަޢުލޫމާތުދިން ކެޓްރީނާގެ ގާތްމީހާ ވަނީ ބުނެފައެވެ.

ހަރްޝްގެ މި ވާހަކަތަކާއި މެދު ވިކީއާ ސުވާލު ކުރުމުން އޭނަ ބުނެފައިވަނީ އޭނާގެ ޕްރައިވެޓް ލައިފްގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ