މުޅި މާލެއިން ކަރަންޓު ކެޑިއްޖެ، ގަޑިއެއްހާއިރު ތެރޭ ކަރަންޓުދެވޭނެ: ސްޓެލްކޯ

މުޅި މާލެއިން ކަރަންޓު ކެޑިއްޖެ، ގަޑިއެއްހާއިރު ތެރޭ ކަރަންޓުދެވޭނެ: ސްޓެލްކޯ

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2020 09:07
0

މުޅީ މާލެއިން ކަރަންޓުގެ ޚިދުމަތް ކެޑިޖެއްޖެއެވެ.

މިއަދު ހެދުނު 8:10 އިން ފެށިގެން މާލޭގެ ގިނަ ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެޑިފައެވެ. ކަރަންޓު ކެޑުމާއި ގުޅިގެން ސްޓެލްކޯއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައިކަމަށެވެ. އެ މައްސަލަ ހައްލުކޮަށް ބައެއް ސަރަހައްދުތަކަށް ކަރަންޓުދޭން މިހާރުވަނީ ފަށާފައިކަމަށެވެ. ގަޑިއެއްހާއިރުތެރޭ ހުރިހާސަރަހައްދަކަށް ކަރަންޓުދެވިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ ދިމާވި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމަވާ ދަތިތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.