މޮރޮކޯ ސަފީރުކަމަށް ޑރ.އާސިމް އައްޔަންކުރަން ރުހުން ހޯދަން ފޮނުވައިފި

މޮރޮކޯ ސަފީރުކަމަށް ޑރ.އާސިމް އައްޔަންކުރަން ރުހުން ހޯދަން ފޮނުވައިފި

Author
މުޙައްމަދު ޖިމީ
14 ޖޫން 2021 11:12
0

މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް، ޑރ.ޢާޞިމް އަޙްމަދު އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑރ.އާޞިމް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޑރ.ޢާޞިމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. ޑރ.ޢާޞިމަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުވެސްމެއެވެ.

ޑރ.ޢާޞިމް މީގެ ކުރިން ވަނީ ސަރުކާރުގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ. އެގޮތުން ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމާއި، މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތްވެސް އަދާކުރައްވާފައެވެ.

ޑރ.ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.