ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި އޮޅުވައިލައިގެން ގިނަ ޢަދަދެއްގެ ފައިސާ ހޯދި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ބީއެމްއެލްގެ ނަމުގައި މަކަރާއި ހީލަތުން 60،000އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 9ވަނަ ދުވަހުގައެވެ. ފުލުހުން ބުނީ އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.
ބޭންކުގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. ބޭންކު ބުނަމުންދަނީ އެއްވެސް ކަސްޓަމަރެއްގެ އެކައުންޓްގެ މަޢުލޫމާތު ހޯދުމަށާއި، ކާޑުގެ މަޢުލޫމާތު ހޯދުމަށް ނުގުޅާނެކަމަށެވެ.
ކޮމެންޓު ފޮނުވާ