ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާގުޅޭ ހާއްސަ ކަމެއް މާދަމާރޭ އިއުލާން ކުރަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާގުޅޭ ހާއްސަ ކަމެއް މާދަމާރޭ އިއުލާން ކުރަނީ

Author
ޢަލީ އާދަމް
13 ޖޫން 2021 07:40
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާގުޅޭ ހާއްސަ ކަމެއް މާދަމާރޭ އިއުލާންކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތާގުޅޭ ހާއްސަ އިއުލާނެއް މާދަމާ 21:30 ގައި ޓީވީތަކުން ދުރައްދައްކާނެ ކަން އިއުލާންކޮށްފައިވަނީ ސަރުކާރުގެ ރަސްމީ ޓްވިޓަރ އެކައުންޓުން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގަ އެވެ. އެހެންނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާރޭ ހާމަކުރާނީ ހައުސިންގ ފައިނޭންސިންއާއި ގުޅުން ހުރި ކަމެކެވެ.

މިސަރުކާރުގެ ބޯހިޔާވަހިކަމާގުޅޭ ސިޔާސަތުތައް އަވަހަށް ތަންފީޒުކޮށް، އެ ސިޔާސަތުތައް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް ސަރުކާރަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން އޭޕްރީލްމަހު ފާސްކޮށްފައި ވެއެވެ. އެގޮތުން މަޖިލީހުން އޭރު ފާސްކޮށްފައިވާ ރިޕޯޓުގައި ވަނީ ސަރުކާރުގެ "ސްޓްރެޓ ޖިކް އެކްޝަން ޕްލޭން 2023-2019″ ގައި ބޯހިޔާވަހިކަމާގުޅޭ މައިގަނޑު ސިޔާސަތުތައް ތަންފީޒު ކުރުމާއި ގާތައްވެސް އަދި މިހާތަނަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ބުނެފައެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދި ގިނަ ދުވަސްތަކެއް ވަމުންދާތީ ގިނަބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ސާފު އައުލަބިއްޔަތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ވަނީ ދީފައެވެ. މާލެ ސިޓީން އެމްޑީޕީއަށް މިފަހަރު ބޮޑު ނާކާމިޔާބީއެއް ލިބިފައިވަނީ ބޯހިޔާވަހިކަމަށް ވެފައިވާ ވައުދުތައް ނުފުއްދުމުންކަމަށް އެމްޑީޕީގެ ގިނަ މެމްބަރުންވެސް ވަނީ ބުނެފައެވެ.

ބޯހިޔާވަހިކަމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާއިރު، ރައީސް ޞާލިހު ވިދާޅުވީ މިދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓް އަޅައި ދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
އެހެންބަޔަކު ހަދާ ނިންމާފަހުރި ފުލެޓްތައް 3 އަހަރުވާން ކައިރިވީ އިރު ވެސް ބަޔަކާއި ހަވާލުކޮށް ނުލެވުނު ބަޔަކު ހައުސިން ޕޮލިސީއޭ ކިޔަކަސް އެކަން ބަލައެއް ނުގަނެވޭނެ.
ހ ހުސެއިން ވަހީދު
ޢަނެއްކާ ތިކަން ފަސްނުކުރާނެބާ؟