ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަކީ މިހާތަނަށް ރާއްޖޭގައި އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިމިވަނީ، އެމްޑީޕީގެ ތެރޭގައި ޚިޔާލަުތަފާތުވުން ބޮޑުވެ ޕާޓީ ދެބައިވެފައިވާ ދަނޑިވަޅެއްގައެވެ. ވަޑިމޫކެ ވިދާޅުވީ، މިއީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތްކޮށް، ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ، ޞިއްޙީ ނިޒާމު އަދި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުރިއެރުވި ސަރުކާރުކަމަށެވެ. އަދި މިއީ މިނިވަން މުއައްސަސާތަކާއި ލާމަރުކަޒީ ނިޒާމަށް އެންމެ ހެޔޮ، އަންހެންނުން ބާރުވެރިކުރި، އަދި އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތް، ކިޔެވުމުގެ ފުރުސަތު، ޞިއްޙީ ނިޒާމު އަދި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުރިއެރި، މިނިވަން މުއައްސަސާތަކާއި ލާމަރުކަޒީ ނިޒާމަށް އެންމެ ހެޔޮ، އަންހެންނުން ބާރުވެރިކުރި، އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަން .??#TeamMDP pic.twitter.com/BNjFMBuvGI
— Moosa Ali Manik ?? (@VMookey) June 13, 2021
ވަޑިމޫކެ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާޢީދުކުރާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި، މިސަރުކާރުގެ ސިޔާސަތަށް މިހާރު ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ނުކުރާކަމުގެ ތުހުމަތުވެސް އަންނަނީ ސަރުކާރަށް ކުރަމުންނެވެ.
އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފުވެސް ވަނީ، އެމްޑީޕީ ދެބައިވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެޕާޓީގެ މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވި ކަންކަން ސަރުކާރުން ބޭނުން ނުވީމަކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ދެބައިވީ އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫހާކަން ފެށީމާއި، ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެެވެ. އަދި ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުނީމަކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ