ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 63 އަހަރުގެ އަންހެނެކެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 196ވަނަ މީހާއެވެ. އޭނާ ނިޔާވެފައިވަނީ ރޭ 10 ޖަހާކަންހާއިރުކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ކޯވިޑް ބަލީގައި އިއްޔެ ވަނީ ޢުމުރުން 25 އަހަރުގެ އަންހެނެއްވެސް ހިމެނެއެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅު ފ.ނިލަންދޫ އިން ކޯވިޑަށް ޕޮޒިޓިވްވެ ހާލު ދެރަވެގެން މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދުއެވެ. ދަނިކޮށެވެ. ސަމީއާ ކޯވިޑަށް ޕޮޒިޓިވްވީ ވިހަން ވަރަށް ކައިރިވެފައި ވަނިކޮށް އޭނާގެ ރަށުގައި ހުއްޓައެވެ. އޭނާގެ ހާލު ސީރިއަސް ވާތީ މާލެ ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެންނެވެ. މިއީ މަރުވި މީހާގެ އަލަތު ދަރިފުޅެވެ. އޭނާ ނިޔާވެފައިވަނީ ވިހެއި ދަރިފުޅުވެސް ނުފެނިއެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ދަށްވާން ފަށާފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން ހޮސްޕިޓަލުިގައި ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު ވަނީ ގިނަ ދުވަސްތަކަކަށްފަހު 100އިން ދަށަށް ޖެހިލާފައެވެ.
ކޮމެންޓު ފޮނުވާ