ޤާނޫނުލް އުގޫބާތަށް ހުށައެޅި އިޞްލާހު ޤާނޫނު އަސާސީއާއި ޚިލާފް: މާލެ ސިޓީ ކައުންސިލް

ޤާނޫނުލް އުގޫބާތަށް ހުށައެޅި އިޞްލާހު ޤާނޫނު އަސާސީއާއި ޚިލާފް: މާލެ ސިޓީ ކައުންސިލް

Author
މުޙައްމަދު ޖިމީ
12 ޖޫން 2021 10:20
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހަކީ ޤާނޫނޫއަސާސީ އާއި ޚިލާފު އިސްލާހެއް ކަމަށް ބުނެ، އެ އިޞްލާހު ފާސްނުކުރުމަށް މާލެ ސިޓީ ކައުންސިލުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ.

ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންހުށައެޅުއްވި އިޞްލާހު ކުށްވެރިކޮށް މާލެސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި އެމްޑީޕީގެ މެންބަރުން ފިޔަވާ ހުރިހާ މެންބަރުން ސޮއިކޮށްފައިވެއެވެ.

ސިޓީ ކައުންސިލްގެ ބަޔާނުގައި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމަށް ށަހަޅާފައިވާ އިސްލާޙު ގެ ތެރޭގައި ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމް ދީނަށާއި الله އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم‎ އަށް ފުރައްސާރަކޮށް އިހާނެތި ބަސްތައް ބުނުން އެއީ ޤާނޫނުން ބާރު ލިބިގެން ކުރެވޭނެ ކަމެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފެންނަ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ތައް ދިވެހި ރައްޔިތުންފާޅު ކުރަމުންދާކަމަށެވެ.

ޤާނޫނުލްއުޤޫބާތަށް ހުށަހެޅިފައިވާ އިސްލާޙުގެ ތެރޭގައި 124 ވަނަ މާއްދާއެއް އިތުރު ކުރެވި އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ i އަދި ii އޮތް ގޮތުން އެއްވެސް ޖެހިލުމެއް ނެތި الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم‎ އަށް އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ބަދު ބަސް ބުނާ މީހާ އެކުރާ ކަންކަން ހުއްޓުވަން މަސައްކަތް ކޮށް އެކަމާއި ދެކޮޅަށް ބަސް ބުނާ މީހާ އެކުރަނީ ޤާނޫނީ ކުށެއް ގެ ގޮތުގައި ކަނޑައެޅިގެންދާއިރު، ދީނަށް ހަޖޫ ޖަހާ ފުރައްސާރަކޮށް الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم‎ އަށް ފުރައްސާރަ ކުރުން އެއީ ޤާނޫނު ހުއްދަ ކުރާކަމެއްގެ ގޮތުގައި ކަނޑައެޅުނީ ކަމުގައި ބެލެވެއެވެ. އަދި އިސްވެ ދަންނަވާފައިވާ ގޮތަށް ޤާނޫނުލްއުޤޫބާތު އިޞްލާޙު ވެގެން ދިޔުމަކީ މާލޭ ސިޓީ ކައުންސިލްގެ ވެސް ކަން ބޮޑުވުން އޮތް ކަމެއްކަމުގައި ދަންނަވަމެވެ.

– މާލެ ސިޓީ ކައުންސިލް

އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް ހުށައެޅި އިސްލާޙަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ތަޢާރަޒު ވާ ޤާނޫނޫއަސާސީ އާއި ޚިލާފު އިސްލާހެއް ކަމުގައި ދެކޭތީ، އެ އިސްލާހުގެ ސަބަބުން މާތްވެގެންވާ އިސްލާމް ދީނާއި، الله سبحانه وتعالى އާއި ކީރތި ނަބިއްޔާ  محمد رسول الله صلى الله عليه وسلم‎  އަށް ފުރައްސާރަކޮށް ހަޖޫ ޖެހުން ޤާނޫނަކުން ހުއްދަ ކުރެވޭ ކަމަށް ބެލެވޭތީއާއި، އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެ ކުރަނީ ކުށެއް ކަމުގައި ކަނޑައެޅުމުގެ އިސްލާހަށް މާލޭ ސިޓީ ކައުންސިލް ދެކޮޅުކަމަށް ބުނެފައިވެއެވެ. އަދި އެ އިސްލާޙު ފާސް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާލޭ ސިޓީ ތަމްސީލު ކުރައްވާ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް މާލޭ ސިޓީ ކައުންސިލުންވަނީ ގޮވާލާފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އިޞްލާހަށް ދީނީ ޢިލްމުވެރިންނާއި، ގިނަ ޢަދަދެއްގެ ޢާންމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އެ އިޞްލާހު ފާސްނުކުރުމަށް ގޮވާލަމުންނެވެ.

ޙިސާން ހުށައައެޅުއްވީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފައެވެ.

އޭގެތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ކަނޑައަޅާފައިވެއެވެ. އަދި އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެފަދަ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީވެސް އެފަދަ ކުށެކެވެ.

މީގެ އތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ޙިސާން ހުށައެޅުއްވި އިޞްލާހުގައިވެއެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ އިޞްލާހުގައި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާއިރު، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމެވެ.

މީގެ އިތުރުން މީހެއްގެ ނަސްލަށާއި އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ޙިސާންގެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބިލުގައިވެއެވެ.

މިއާއާއެކު އެ އިޞްލާހަށް އަމާޒުވި ފާޑުކިޔުން ބޮޑުވެ ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅަން އިޞްލާހެއް ހުށައެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަން
ކޮންފަދަ ބޮޑު ބިރުވެރި ކަމެއް ބާ؟ މި ދަފަ ނުބައި ބިލެއްގެ ސަބަބުން އިސްލާމް ދީން ނިމިގެން ހިނގައި ދާނެ ފަދައެވެ. އެޖެންޑާ 19 ގެ އެމީހުން އެބުނާ ތަފާތު ކަންކަމަކީ މީއެވެ. ހައްދަވާ ވޮޑު ކުރައްވާ އިލާހު މިއަޅާ އިބަ އިލާހަށް ބިރުވެތި ވަން، މިނލޮބުވެތި ޤައުމުން އިސްލާމްދީން ފޮހެލަން މަސައްކަތް ކުރާ ފަރާތްތަކަށް ނާކާމިޔާބު ދެއްވާފާން ދޭއެވެ.! އިސްލާމީ ގިއުގަނޑު ތެރޭގައި ފައިތިލަ ސާބިތު ކޮށްގެން ހުރި ވެރިއެއް މި ޤައުމުގެ ވެރިއެއްގެ ގޮތުގައި ހަމަ ޖައްސަވާފާންދޭއެވެ.
ޢ ޢަސްދަނޑި/މާލެ
ވ ބަރާބަރު ވާހަކައެއް. ޢެފަދަ ޤާނޫނެއްވާނީ ބާތިލް ޤާނޫނީ މާއްދާއެއް ކަމުގައި.