ލ.ކޮވިޑް މެނޭޖުމަންޓް ފެސިލިޓީގައި ފަރުވާދެމުންއައި 92 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދިވެހި ފިރިހެނެކެވެ. މީގެ ކުރިންވެސް ލ. ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު ނިޔާވެފައިވެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 195އަށް އަރާފައެވެ. މިއީ މިއަދު މިބަލީގައި ނިޔާވި 3 ވަނަ މީހާއެވެ.
މިއަދުނިޔާވ 3 މީހުންގެ ތެރޭގައި ޢުމުރުން 25 އަހަރުގެ އަންހެނެއްވެސް ހިމެނެއެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅު ފ.ނިލަންދޫ އިން ކޯވިޑަށް ޕޮޒިޓިވްވެ ހާލު ދެރަވެގެން މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދުއެވެ. ދަނިކޮށެވެ. ސަމީއާ ކޯވިޑަށް ޕޮޒިޓިވްވީ ވިހަން ވަރަށް ކައިރިވެފައި ވަނިކޮށް އޭނާގެ ރަށުގައި ހުއްޓައެވެ. އޭނާގެ ހާލު ސީރިއަސް ވާތީ މާލެ ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެންނެވެ. މިއީ މަރުވި މީހާގެ އަލަތު ދަރިފުޅެވެ. އޭނާ ނިޔާވެފައިވަނީ ވިހެއި ދަރިފުޅުވެސް ނުފެނިއެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ދަށްވާން ފަށާފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ ދަށަށްދާން ފަށާފައެވެ.
ކޮމެންޓު ފޮނުވާ