ޖަލުތަކުގައި ހިންގި އޮޕަރޭޝަންގައި 40އަށް ވުރެ ގިނަ ފޯނު ހޯދައިފި

ޖަލުތަކުގައި ހިންގި އޮޕަރޭޝަންގައި 40އަށް ވުރެ ގިނަ ފޯނު ހޯދައިފި

Author
މުޙައްމަދު ޖިމީ
12 ޖޫން 2021 09:39
0

ފުލުހުންނާއި ސިފައިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މާފުށި ޖަލާއި މާލެ ޖަލުގައި ހިންގި އޮޕަރޭޝަނުގައި 40އަށްވުރެ ގިނަ ފޯނު ފުލުހުން ހޯދައިފިއެވެ،

ފުލުހުން ބުނީ  މާފުށި ޖަލުން43 ފޯނު އަދި މާލެ ޖަލުން ފޯނަކާއި ސިމްކާޑެއް ފެނިފައިވާކަމަށާއި، އެމައްސަލަ ތަހުގީގްކުރަމުން އަންނަކަމަށެވެ. ފުލުހުން ވަނީ، މިއޮޕަރޭޝަންގައި ޓޭޒަރ ބޭނުންކުރިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެވެ. ނަމަވެސް އެއޮޕަރޭޝަންގައި އެއްބާރުލުން ނުދީ ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކުރިކަމަށް ފުލުހުން ބުންޏެވެ. އަދި ޕެޕަރ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން އެ ދެ ގައިދީންނަށް ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑިއަޅުވާފައި ހުރި ގައިދީއަކު ސިމެންތި އައްޓެއްގައި އަމިއްލައަށް ބޮލުންޖަހާ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ގުޅިގެން ފަރުވާއަށް މާލެ ގެނެސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. ޕެޕަރ ސްޕްރޭގެ ސަބަބުން އަނިޔާވި ދެމީހުންނާއި އަމިއްލައަށް ގެއްލުން ދިން މީހާ ފިޔަވައި އިތުރު ގައިދީއަކަށް އަނިޔާއެއްވެފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންނާއި ސިފައިން އަދި ކަރެކްޝަން ގުޅިގެން ޖަލުތަކުގައި ހިންގި އޮޕަރޭޝަނަކީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ޖަލުތަކުގައި ކުރިއަށްގެންދިަޔަ ޚާއްސަ އޮޕަރޭޝަނެއްކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

މެއި 6ގައި މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ހަރުކަށި ފިކުރާއި ދެކޮޅަށް މާފުށީ ޖަލާއި މާލޭ ޖަލުގައި ހިންގި އޮޕަރޭޝަން ރޭ ފަތިހު 5:00 އިން ފެށިގެން އިރުއޮއްސި 6:00 ޖަހަންދެން ކުރިއަށްދިޔައެވެ. އަދި މިހާރު އެ އޮޕަރޭޝަން ވަނީ ނިންމާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.